Update: Dhen othy raees Yamin ah adhabu kanda elhun
Update: Dhen othy raees Yamin ah adhabu kanda elhun

Last Updated:
3 year 11 month ago

ދެން އޮތީ ރައީސް ޔާމީނަށް އަދަބު ކަނޑައެޅުން

    ބުލޮގު ޚުލާސާ

    ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އުފުލައިފައިވާ ދެ ދައުވާގެ ހުކުމް މިއަދު އިއްވާތީ ޕީޕީއެމްގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެއްޖެއެވެ.

    18:01

    ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި

    17:56

    މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި. އަދި ފަސް މިލިއަން އެމެރިކާ ޑޮލަރުން ވެސް ވަނީ ޖޫރިމަނާކޮށްފައި

    17:53

    ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ ރައީސް ޔާމީން ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

    17:51

    ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތުވެ ޔޫސުފް ނައީމް ތިން އަހަރައި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި

    14:34

    ގަޑިއެއްހާއިރުގެ ތެރޭގައި އަދަބު ކަނޑައަޅަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ފަނޑިޔާރު މިވަނީ މަޖިލިސް މެދުކަނޑާލާފައި

    14:29

    ޔޫސުފް ނައީމްގެ ވަކީލުން އެދުނީ ގޭބަންދުގެ ހުކުމެއް އިއްވައި ދިނުމާއެކު ޖޫރިމަނާ ކޮށްދިނުމަށް

    14:28

    އަދަބާ މެދު ވާހަކަ ދައްކަން ރައީސް ޔާމީންގެ ވަކީލުން އިންކާރު ކުރައްވާ، އެ ބޭފުޅުން އެދުނީ އެކަމާމެދު މަޝްވަރާ ކުރުމަށް އިތުރު ވަގުތު ދިނުމަށް.

    14:25

    މިހާރު ކުރިއަށް ދަނީ ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ކަނޑައެޅުމުގެ މަޖިލިސް.

    13:44

    އިދިކޮޅު ފަރާތްތަކުން މިހާރު ތިބީ ޕީޕީއެމް އޮފީސް ސަރަހައްދަށް އެއްވެ

    13:04

    މުޒާހަރާގެ ބައިވެރިން އެމްއެމްއޭ ސަރަހައްދުން ޖުމްހޫރީ މައިދާނާ ދިމާލަށް ދަނިކޮށް، ފުލުހުން ވަނީ ހުއްޓުވާފައި، ޝީލްޑާއެކު ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމުން އެ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި.

    13:01

    ރައީސް ޔާމީންގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅުމުން، ކޯޓް ކައިރިއަށް އެއްވެ ތިބި އިދިކޮޅުގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުން ވަނީ އެކުގައި މަގުތަކަށް ނުކުމެފައި،

    12:38

    އަދަބު ކަނޑައެޅުމުގެ މަޖިލިސް 2:00 ގައި ބާއްވާނެކަން އިއުލާންކޮށް ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައިފި

    12:37

    ދެން އޮންނާނީ މި ދެ މައްސަލަ ސާބިތުވުމުން އަދަބު ކަނޑައެޅުން. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ދައުވާ ސާބިތުވުމުން މަދުވެގެން އަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ. އެގޮތުން ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވުމުން މަދުވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ. އަދި މަނީ ލޯންޑްރައިންގެ ދައުވާ ސާބިތުވުމުން މަދުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ.

    12:29

    މިހާރު ކުރިއަށްދާ ޝަރީއަތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

    12:02

    ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ

    11:50ޢާއިޝަތު ފިރުޝަތު

    ކްރިމިނަލް ކޯޓް ކައިރިއަށް އެއްވެ ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން، ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްތައް ދުރުކޮށް އެތެރެއަށް ވަނުމަށް މަސައްކަތް ކުރުމުން ފުލުހުން ދެންމެ ވަނީ އެ މީހުން ފަހަތަށް ޖައްސާފައި. ސަލާމަތީ ކަންކަން ބަލަހައްޓަން ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ކޯޓް ސަރަހައްދުގައި ހަރަކާތްތެރިވަމުން.

    ކްރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: ޝާތިއު
    11:49

    11:42

    11:26

    ރައީސް ޔާމީން ޝަރީއަތަށް ކްރިމިނަލް ކޯޓަށް ވަޑައިގެންފި

    11:21

    ޝަރީއަތް ފެށޭނެ ވަކި ވަގުތެއް އަދި ނޭނގޭ. ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު އަދިވެސް ކްރިމިނަލް ކޯޓް ސަރަހައްދުގައި އެބަތިބި.

    10:52
    އިދިކޮޅުގެ ލީޑާޝިޕް ހިމެނޭހެން ރައީސް ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓް ސަރަހައްދަށް އެއްވެ.-- ސަން ފޮޓޯ: އައިޝަތު ފިރުޝަތު
    އާދަމް ޝަރީފް, މަޑުއްވަރީ ދާއިރާގެ މެންބަރު

    އަޅުގަނޑު ގަބޫލެއް ނުކުރަން ލީކްވާނެ ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ އިންސާފުވެރިކަމާއެކު ރައީސް ޔާމީން މިނިވަންވާނެ ހުކުމެއް އަންނާނެ ކަމަށް. ހުކުމާ ދޭތެރެގަ އެ އުޅޭ ލިޔުންތަކަކީ ފޭކް ލިޔުންތަކެއް ކަމަށް ގަބޫލުކުރެވެނީ
    އާދަމް ޝަރީފް, މަޑުއްވަރީ ދާއިރާގެ މެންބަރު

    ރައީސް ޔާމީންގެ މައުސޫމުކަން އަޑުއެހުންތަކުގައި އޮތީ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި. އެއްވެސް ހިއަރިންއަކުންނެއް ރައީސް ޔާމީނާ ދޭތެރެގަ އާންމުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެއް ކުރިމަތިވެފައި ނެތް. ސަރުކާރުން ހުށަހެޅީ ގަބޫލުނުކުރެވޭނެ ފާސިގު ހެކިތަކެއް
    10:12

    މި މައްސަލައިގައި ވެސް ރައީސް ޔާމީނާ ދެކޮޅަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިބަސް ދީފައިވޭ

    10:10

    ދައުލަތުން މި މައްސަލައިގައި ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ 24 ނޮވެމްބަރު 2021ގައި

    09:57

    މިއަދު 9:00 ޖަހާއިރު ފަށަން އޮތް ޝަރީއަތް ލަސްވަނީ ކޯޓުން ވާން ޖެހޭ ބައެއް ތައްޔާރީތައް އަދި ނުނިމޭތީ

    09:32

    ރައީސް ޔާމީންގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް. ރައީސް ޔާމީނަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ޔޫސުފް ނައީމްގެ މައްޗަށް ވަނީ އުފުލައިފައި

    09:29

    ރައީސް ޔާމީންގެ ސަޕޯޓަރުން ކުރިމިނަލް ކޯޓް ސަރަހައްދަށް އެއްވެފައިވާއިރު އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވެސް ހިމެނޭ.

    09:24

    ރައީސް ޔާމީން އަދި ހުންނެވީ ގެކޮޅުގައި، ކުރިން ނިންމާފައި އޮތީ 9:00 ޖަހާއިރު ޝަރީއަތް ފަށަން. ނަމަވެސް އަދި ކޯޓަށް ވަޑައެއްނުގަންނަވާ.

    ރައީސް ޔާމީން ކޯޓަށް ވަޑައިގަތުމަށްޓަކައި ތައްޔާރުވެ، ކާރު ގެކުރިމަތީގައި-- ސަން ފޮޓޯ: ޝާތިއު
    09:15

    ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް 9:00 އަށް ތާވަލްކޮށްފައި ވީނަމަވެސް ރައީސް ޔާމީން އަދި ކޯޓަށް ހާޒިރުވެވަޑައިގެންފައެއްނުވޭ

    09:11

    ޔާމީނަށް މިއަދު ހުކުމް އިއްވަނީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރި މުއާމަލާތާ ގުޅިގެން ދައުލަތުން ދައުވާ އުފުލައިފައިވާތީ

    09:10

    ރައީސް ޔާމީނަށް އުފުލައިފައިވާ މަނީލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ހުކުމް އިއްވުން ތާވަލްކޮށްފައި ވަނީ މިއަދު 9:00 އަށް