26 Dec 2022, 15:01
ވިލިމާލެ ވޯޓަ ސްޕޯޓްސް އޭރިއާ ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ވިލިމާލޭގެ ވޯޓަ ސްޕޯޓްސް އޭރިއާ ތަރައްގީ ކުރުމަކީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނައިގެން ކުރިޔަށް ގެންދަން ނިންމި މަޝްރޫއެކެވެ.
އެކަމަކު، "ގިނަ އަދަދެއްގެ ރައްޔިިތުން އެ ޕްރްޖެކްޓް ކުރިއަށް ނުގެންދިއުމަށް އެދުމުން އެކަން އެގޮތަށް ކުރުމަށް" ނިންމައިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ވަނީ އަމިއްލަ ހަރަދުގައި ވޯޓަ ސްޕޯޓްސް އޭރިޔާ ޑިޒައިންކޮށް، ހަދާ، ހިންގާނެ ބަޔަކު ހޯދަން ހުޅުވައިލައިފައެވެ.
ތަރައްގީ ކުރަން ހުޅުވާލާފައިވަނީ ރަށުގެ ފަޅާއެކު ގިނަ ވެގެން 120،000 އަކަ ފޫޓުގެ ސަރަހައްދެކެވެ. އަދި އެ ޕްރޮޖެކްޓުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އާންމުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވެން ޖެހޭނެ ކަމަށް ބުންޏެވެ.
އެކަމަކު، އާންމުންގެ ކަންބޮޑުވުން ބޮޑުވެ، ސިޓީ ކައުންސިލުން މިހާރު ވަނީ އެ އިއުލާނު ބާތިލުކޮށްފައެވެ.