24 Dec 2022, 20:50
ރ. ދުވާފަރުގެ ޕީޕީއެމް ކައުންސިލަރަކު އިސްތިއުފާ ދެއްވުމުން ބޭއްވި ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.
ދުވާފަރު ކައުންސިލްގެ ބައި-އިލެކްޝަން މިއަދު ބާއްވާފައިވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި ޕީޕީއެމްގެ ކައުންސިލަރު އަހްމަދު ސަމޫހް އިސްތިއުފާ ދެއްވުމުންނެވެ.
އެ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުالله ނާޒިމް (ފިއްޓޭ) ކާމިޔާބު ކޮށްފައިވަނީ 612 ވޯޓު ހޯދައިގެންނެވެ. އޭނާއާ އެންމެ ކައިރި ކޮށްފައިވަނީ ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު އަލީ އެވެ. އޭނާއަށް 544 ވޯޓު ލިބުނުއިރު އަމިއްލަގޮތުން ވާދަކުރި އަހްމަދު ހުސައިންނަށް ލިބުނީ 298 ވޯޓެވެ.
ޕީޕީއެމްގެ ތާއީދު ބޮޑު ރަށެއްގެ ގޮތުގައި ބެލެވިފައިވާ ދުވާފަރު ކައުންސިލްގައި މީގެކުރިން އެ ޕާޓީގެ ހަ ކައުންސިލަރުން ތިބެއެވެ. ނަމަވެސް މިއަދުގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރެއްވުން އެ ކައުންސިލްގައި މިހާރު އެމްޑީޕީގެ ދެ މެންބަރުން ތިއްބަވާނެއެވެ. އަދި ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ހިމަނައިގެން ޕީޕީއެމުން ހަތަރު ގޮނޑި ތަމްސީލް ކުރެއެވެ.