10 Apr 2012, 16:29
ތިލަފުށްޓާ ވިލިމާލެއާ ދޭތެރޭ އޮތް ބޯޓެއްގައި ރޯވެއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވީ "ބަރަޖޯރާ" ކިޔާ ބޯޓެއް ކަމަށެވެ. އެ ބޯޓުގައި ރޯވި އަލިފާންގަޑު މިހާރު ނިންވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން ބުނީ އެ ބޯޓަކީ ތެޔޮ ހުސްކުރި ބޯޓެއް ކަމަށާއި ރޯވެފައި ހުރީ ބޯޓުގެ ޕަމްޕް ރޫމުގައި ކަމަށެވެ.
"މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަލިފާން ރޯވި ސަބަބެއް އަދި ނޭންގޭ ކަމަށް ފުލުހުންބުންޏެވެ.