25 Dec 2022, 10:53
އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަން (އައިޓީސީ) އިން އެލައިވްކޯގެ ހާޓް ރޭޓް މޮނިޓަރިން ޕޭޓެންޓްތަކާ އެޕަލް އިން ހިލާފުވެފައިވާ ކަމަށް ނިންމި ނިންމުން ކަށަވަރުކޮށްދީފިއެވެ.
މިނިންމުން އައިޓީސީ އިން ކަށަވަރު ކޮށްދީފައިވާއިރު، އެ ހުކުމް ރައީސް ބައިޑަން 60 ދުވަހުގެ މުއްދަތަކަށް ރިވިއު ކުރައްވާނެއެވެ. އަދި ފައިނަލް ޑިޓްރިމިނޭޝަން ރިވިއު ކުރުމަށް ރައީސަށް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެއެވެ.
އައިޓީސީސް ލިމިޓެޑް އެކްސްކްލޫޝަން އޯޑަރު، "ސްޓޮޕް އެންޑް ޑިސްޓެންޝަން އޯޑަރ"ގެ ދަށުން، އެޕަލް ވޮޗަށް 2.00 ޑޮލަރުގެ ބޮންޑެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް އައިޓީސީން ވަނީ އެ އަމުރު ތަންފީޒުކުރުން މެދުކަނޑާލާފައެވެ. އެންފޯސްމަންޓް ކުރިއަށް ގެންދަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެ ތިން ޕެޓެންޓް ބާތިލްކުރި އެމެރިކާގެ ޕެޓެންޓް ޓްރަޔަލް އެންޑް އެޕީލް ބޯޑުގެ އިސްތިއުނާފުގެ ހުކުމާ ހަމައަށެވެ.
ނަމަވެސް އެ އަމުރަށް ރައީސް އެއްބަސްވެވަޑައިގަންނަވާނެ ކަން ޔަގީނެއް ނޫނެވެ. 2013 ވަނަ އަހަރު އޭރުގެ ރައީސް އޮބާމާ ވެސް ވަނީ އެޕަލް އާއި ސެމްސަންގް ސްމާޓްފޯން ޓްރަޔަލް ކުރިއަށް ދިޔަ ދުވަސްތަކުގައި ސެމްސަންގަށް ތާއީދުކުރާ ޕެޓެންޓް ހުކުމަކަށް ދެކޮޅު ހައްދަވައިފައެވެ.
އެޕަލްއާއި ދެކޮޅަށް މެޑިކަލް އެންޑް ޑިވައިސް ކޮމްޕެނީ "އެލައިވްކޯ"އިން ހުށަހަޅާފައިވާ އެހެން މައްސަލައެއް 2024 ވަނަ އަހަރުގެ ކުރީކޮޅު ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ އެޕަލްއާ ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދުމަށް އެލައިވްކޯ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.
"މިއަދު އައިޓީސީގެ ހުކުމަކީ އިނޮވޭޝަން އަދި ކޮންސިއުމާ ޗޮއިސް އަށް ލިބުނު ކާމިޔާބީއެއް، އެލައިވްކޯ ފަދަ ކުންފުނިތަކާއި އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުގެ ސަބަބުން އެ އުފެއްދުންތައް ހުއްޓުވާލުމުގެ ނުރައްކާ އޮތް އެތައް ބައެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ދެމެހެއްޓުމުގެ މުހިންމުކަން މި ހުކުމުން އެނގެއެވެ." އެލައިވްކޯގެ ސީއީއޯ ޕްރިޔާ އަބާނީ ވިދާޅުވިއެވެ.
އެޕަލް އިންސައިޑާ އާއި އެހެނިހެން ބައެއް ނިއުސް އެޖެންސީތަކަށް ދިން ބަޔާނެއްގައި އެޕަލް އިން ބުނީ އެޕަލްގެ ޓީމުތަކުން ކެނޑިނޭޅި މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ރަނގަޅު އުފެއްދުންތަކާއި ހިދުމަތްތައް އުފެއްދުމަށް ކަމަށާއި ޓެކްނޮލޮޖީގެ އެހީގައި އިންޑަސްޓްރީގެ ލީޑިން ހެލްތު، ވެލްނެސް އަދި ސޭފްޓީ ފީޗާތައް ބޭނުންކުރާ ފަރާތްތަކަށް ބާރު ލިބޭ ގޮތަށް ކަމަށެވެ.
"މިއަދު އައިޓީސީގެ ނިންމުމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން އަންނައިރު، ކުރީގެ ނަމޫނާއާ އެއްގޮތަށް، އެކްސްކްލޫޝަން އޯޑަރު މަޑުޖައްސާލީތީ އުފާކުރަން. އެލައިވްކޯގެ މައްސަލަ އޮތް ޕޭޓެންޓްތައް ބާތިލް ކަމަށް ކަނޑައެޅި، އެ ސަބަބަށްޓަކައި، އެންމެ ފަހުން މި ކަމުގައި އަޅުގަނޑުމެން ނަށް ކާމިޔާބު ލިބެން ޖެހޭ." އެޕަލްއިން ބުނެފައިވެއެވެ.
އެޕަލް ވޮޗާއި ކާޑިއާބޭންޑްގައި ވެސް ބޭނުންކުރާ އީސީޖީ ޓެކްނޮލޮޖީއާ މެދު ދެ ކުންފުނިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަކޮށްފައެވެ.
އެޕަލްއާ ދެކޮޅަށް 2021 ވަނަ އަހަރުގެ މެއި މަހު އެލައިވްކޯ އިން އެންޓިޓްރަސްޓް މައްސަލައެއް ހުށަހެޅީ ކުރިން އެޕްރޫވްކުރި އެލައިވްކޯ އެޕްލިކޭޝަނެއް ބަންދުކޮށް އެ ކުންފުނިން އެންޓިކޮމްޕެޓިޓިވް ބިހޭވިއާއެއް ހިންގާފައިވާ ކަމަށް ބުނެއެވެ.