މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް އަހުމަދު ހުސާމް ހޮވުނު އިރު، އަންހެން ފެތުންތެރިޔަކަށް އައިމިނަތު ޝަޖަން ހޮވައިފި އެވެ.

ފިރިހެން ބައިން މޮޅު ފެތުން ތެރިޔާގެ އެވޯޑް ހުސާމް ހޯދީ ހަސަން އިނާޔަތާއި ނިޝާން އިބްރާހިމާ ވާދަކޮށްގެންނެވެ. އަދި އެންހެން ބައިން ޝަޖަން މޮލޫ ފެތުން ތެރިޔާގެ މަގާމް ހޯދީ ހައްވާ ނަބާހާ ނާޝިދާ ވާދަކޮށްގެންނެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ އެވޯޑް ތަކާއެކު ރޭ ޖަމާލުއްދީން ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެންމެ މަޝްހޫރު ފެތުންތެރިޔާ މުހައްމަދު ރަޝީދުއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ވަނީ އަރުވާފަ އެވެ.

މީގެއިތުން ރޭގެ އެވޯޑް ނައިޓުގައި، ޖޫނިއާ ގްރޫޕާއި ސީނިޔާ ގްރޫޕްގެ އަންހެން ބައިގެ ވަނަތައް ހޯދި ފަރާތްތައް ވެސް ވަނީ ހޮވައިފަ އެވެ. އެގޮތުން ޖޫނިޔާ ބައިގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަގާމަށް ފާތިމަތު ޒުހުރާ އިސްމާއިލް ހޮވުނުއިރު، ސީނިއާ ގްރޫޕުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔަކީ ޝަޖަން އެވެ. އަދި ޖޫނިއާ ގްރޫޕުގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ހޮވުނީ ތިބްޔާން އިބްރާހިމެވެ.

މިދިޔަ އަހަރުގެ އެންމެ އުމްމީދީ ފިރިހެން ފެތުންތެރިޔަކަށް މުހައްމަދު މޫތަސިމް އަދުނާން ހޮވުނުއިރު، އަންހެން ފެތުންތެރިޔަކަށް ހުވުނީ ނަބާހާ އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔަކަށް ހަސަން އިނާޔަތު ހޮވުނުއިރު، އެންމެ މޮޅު އަންހެން ފެތުންތެރިޔަކީ ހޮވުނީ އައިޝަތު ސައުޝަން އެވެ.

ސްވިމިން އެސޯސިއޭސޝަނުން ބުނީ، ރޭ ބޭއްވި އެވޯޑު ނައިޓަކީ ދިވެހި ފެތުންތެރިން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް، ފެތުންތެރިންނަށް އިތުރު ކުރިއެރުންތަކަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވި އެވޯޑު ނައިޓެއް ކަމަށެވެ.