19:00


ރާއްޖޭގައި ފެތުރެމުންދިޔަ ސްވައިންފުލޫ ކޮންޓްރޯލް ކުރެވިފައިވާތީ ކުރިއެކޭވެސް އެއްގޮތަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.


އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިއެކޭވެސް އެއްގޮތަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން ހުޅުވާލައިފައި، ވީނަމަވެސް ހޮސްޕިޓަލުގައި އަބަދުވެސް ގައިން ގަޔަށް އަރާ ބަލިތަކާއި އަދި ވައިރަލް ހުމާއި ރޯގާ ފަދަ ބަލިތައް އުޅޭތީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިން ޖެނެރަލް ވޯޑް ތަކަށް ވެއްދުމަކީ މަނާ ކަމެއް ކަމަށެވެ.


އައިޖީއެމްއެޗުން ބުނީ ވޯޑްގައި އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންނާއި އަދި އެހީތެރިންގެ ރައްކާތެރި ކަމަށްޓައި ބަލިމީހުންނަށް ޒިޔާރަތް ކުރާ ގަޑިތައް ނޫން އެހެން ގަޑިތަކުގައި ވަންނައިރު ސެކިއުރިޓީ އޮފިސަރަށް ވޯޑް ފާސް ދެއްކުމަށާއި އަދި ޒިޔާރަތްކުރުމުގެ ވަގުތު ހަމަވުމުން ވޯޑުން ނިކުތުމަށް ވެސް އެނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.