10 Apr 2012, 16:08
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މި މަހުގެ 17 ވަނަ ދުވަހު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރައީސް އައްބާސް 17 ވަނަ ދުވަހު މާލެ ވަޑައިގަތުމަށްފަހު 18 ވަނަ ދުވަހު އެނބުރި ވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ރާއްޖެއަށް ކުރައްވަނީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ފަލަސްތީންގެ ރައީސަކު ރާއްޖެ މި ވަޑައިގަންނަވަނީ، 1981 ވަނަ އަހަރު އެ ގައުމުގެ އޭރުގެ ރައީސް
ޔާސިރު އަރަފާތު ރާއްޖެ ވަޑައިގެންނެވިތާ 31 އަހަރު ފަހުންނެވެ. އަދި މަހުމޫދު އައްބާސް ރާއްޖެ ވެވަޑައިގަތުން ވެގެންދާނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ބޭރު ގައުމެއްގެ މަތީ ވެރިޔެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.