22 Dec 2022, 14:07
ގުރައެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދި ފުލުހުން އޭނާގެ ފޮޓޯ އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ ފޮޓޯއިން ފެންނަ މީހާއަކީ މިި އަހަރުގެ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުމުން 3،500 ރުފިޔާގެ ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ.
ވަގަށް ނެގީ ކޮން ކަހަލަ ގުރައެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ހޯދާ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެކެވެ.
އެ މީހާއާ ބެހޭ އެއްވެސް އެއްވެސް މައުލޫމާތެއް އެނގޭނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.