10 Apr 2012, 15:15
ހޮނިހިރު ދުވަހު އޮންނަ އޮންނަ ބައި އިލެކްޝަންތަކުގައި ޕީޕީއެމްއިން ތާއިދު ކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން މިރޭ ހާއްސަ ޝޯއެއް ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމްގެ ސޮޕޯކްސްޕާސަން އަހްމަދު މަހްލޫފް އިއްޔެ ވިދާޅުވީ މިރޭ އާޓިޕިޝަލް ބީޗު ސަރަހައްދުގައި އޮންނަ މިޔުޒިކު ޝޯއަކީ ޕީޕީއެމްގެ ޒުވާނުން އިސް ނަގައިގެން ބާއްވާ ހަރަކަތެއް ކަމަށާއި އެ ޝޯގެ އެންމެ ބޮޑު މަގުސަދަކީ ޕީޕީއެމް އިން ތާއީދުކުރާ ކެންޑިޑޭޓުނަށް ތާއީދު ހޯދުން ކަމަށެވެ.
"މި ޝޯގެ އެންމެ ބޮޑު އެއް މަގުސަދަކީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ބައި އިލެކްޝަންތަކުގައި ޕީޕީއެމްގެ ފަރާތުން އަދި އެހެނިހެން ޕާޓީތަކުން ވެސް، އެމްޑީޕީގެ އިތުރުން ތާއީދުކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ ގޮތުން ޕީޕީއެމްގެ ޒުވާނުން އިސްނަގައިގެން ރާވައިގެން ހިންގާ ހަރަކާތެއް." މަހްލޫފް ވިދާޅުވި އެވެ.
މިރޭ 8 އިން 12 އަށް އޮންނަ އެ ޝޯގައި މަހްލޫފްގެ އިތުރުން ޒުވާން ލަވަކިޔުންތެރިޔާ މާއިން ރަޝީދުގެ އިތުރުން ބައެއް މަޝްހޫރު ފަންނާނުން ބައިވެރިވާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.