10 Apr 2012, 15:02
ސ. ހިތަދޫ ހޮސްޕިޓަލަށް ގެންދިޔަ ތުއްތު ކުއްޖަކު މަރުވި މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ދޮޅުމަހުގެ އެ ކުއްޖާ މަރުވެފައި ވަނީ މިއަދު ހެނދުނު ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ. އަދި އެ މައްސަލަ ބަލަނީ ކުއްޖާ މަރުވިއިރު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މަރުވެފައި ވަނީ އަންހެން ކުއްޖެކެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން ހިތަދޫ ހޮސްޕިޓަލުގެ ބުނީ "މިވަގުތު އެ މައުލޫމާތު ހިއްސާ ކުރަން ބޭނުން ނުވާ" ކަމަށެވެ.
މީގެ ދެ ހަފްތާ ކުރިން ވަނީ އޭޑިކޭގައި މީހަކު ވިހޭ ކުއްޖަކު މަރުވި މައްސަލަ އެއް ވެސް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. އެ މައްސަލަ ފުލުހުން ބަލަން ފެށީ އެކަމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށާއި ވިހާފައި ވަނީ ކައިވެންޏަށް ތިން މަހުގައި އެކަމަކު ދުވަސް ފުރާ ކަމަށް ވާތީ އެވެ.