އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން މިއަދު ފަށައިފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން، ރައީސް ނަޝީދު ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އައްޑޫ ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ރައީސް ނަޝީދުގެ ތާއީދު ފޯމް ފުރުމުގެ ހަރަކާތްތައް މިއަދު ހަވީރު އެމްޕީއެލްއާއި ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންގޮސްފައިވާކަމަށެވެ.

"އެމްޕީއެލް އަދި ރާޅުގަނޑު ސަރަހައްދުގައި ރައީސް ނަޝީދަށް ތާއީދު ހޯދުމުގެ ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެ ހަރަކާތް މިރޭ 20:30އިން ފެށިގެން އެމްޑީޕީ ހަރުގެ ކުރިމަތީގައިވެސް ކުރިއަށްދާނޭކަމަށެވެ.

ރައީސް ނަޝީދަށް ޕްރައިމަރީގައި ތާއިދު ކުރާނެ މީހުން ލައްވާ ފޯމް ފުރުވުމުގެ މަސައްކަތް ކުރަނީ --

އޭނާ ވިދާޅުވީ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކުވެސް, އަތޮޅުތެރޭގެ ރަށްތަކުގައާ އެއްކޮށް ރައީސް ނަޝީދަށް ތާއިދު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނޭ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން ޔަގީންވެފައިވާއިރު، ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ތާއީދު ހޯދުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ތާވަލްކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހެވެ.