20 Dec 2022, 14:30
ހުރިހާ އެންމެންނަކީ ވެސް ދުޅަ ހެޔޮ، ހަށި ހެޔޮ ބަޔަކަށް ހެދުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ތަފާތު އެކި ވެލްބީން ޕެކޭޖްތަކެއް ދަނީ ތަޢާރަފް ކުރަމުންނެވެ. އެގޮތުން މިފަހަރު ފިރިހެނުންނަށް ޚާއްސަކޮށް ޓްރީ ޓޮޕްއިން ތަޢާރަފްކުރީ ވެލްބީން ޕެކޭޖްތަކެކެވެ.
ޓްރީ ޓޮޕްއިން ތަޢާރަފްކުރި ވެލް މޭލް ޕެކޭޖުން ފިރިހެނުންގެ ތެރޭގައި އާންމުކޮށް ޖެހޭ ބަލިތައް ދެނެގަތުމަށް ޓެސްޓުތަކެއް ހެދުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން މި ޕެކޭޖުގެ ދަށުން ކްލިނިކަލް އެގްޒާމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން، އޯޕީޑީ ކޮންސަލްޓޭޝަން، ލެބޯރަޓޮރީ އިންވެސްޓިގޭޝަން ތައް ހިމެނެއެވެ.
ރާއްޖޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ އުމުރު ފިރިހެނުންގެ އުމުރަށްވުރެ ދިގެވެ. މީގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ރާއްޖޭގެ ސިއްޙީ މާހިރުން ވިދާޅުވަނީ ފިރިހެނުންގެ މެދުގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމުގައެވެ. މީގެ ތެރޭގައި ޓައިޕް-2 ޑައިބެޓީސް، ލޭ މަތިވުން، އާދަޔާ ޚިލާފަށް ހަށިގަނޑު ބިޔަވުމުގެ ސަބަބުން ޖެހޭ ފެޓީ ލިވާ ސިންޑްރޯމާ އަދި ކުޑަކަމުދާ ނިޒާމް އަދި ޕްރޮސްޓްރޭޓަށް ޖެހޭ ބަލިތައް ހިމެނެެއެވެ.
މި ހުރިހާ ކަމަކާއެކު، ޕްރެވެންޓިވް ހެލްތް ސްކީރީންން އަކީ ފުރިހަމަ ސިއްޙަތެއްގައި ދެމި ހުރުމަށް ވަރަށް ވެސް މުހިއްމު ކަމެކެވެ. ޕްރެވެންޓެޓިވް ހެލްތް ސްކްރީނިން މުހިއްމު ވަނީ ފުރާނައަށް ނުރައްކާވެދާނެ ސިއްޙީ ހާލަތްތައް ނުވަތަ ބަލިތައް އަވަހަށް ދެނެގަނެ ބައްޔަކަށް ފަރުވާދިނުމަށް އެކަމުން މަގުފަހިކޮށްދޭތީއެވެ.
އަދި ކުރިން ޖެހިފައި ހުރި ބައްޔެއްނަމަ ގަވާއިދުން މޮނިޓާކޮށް، އޭގެ ސީރިއަސްކަން ކުޑަކުރުމަށް ވަގުތުން ފިޔަވަޅުތައް އެޅުމަށް މިކަމުން މަގުފަހިކޮށްދެއެވެ. އަދި ހެލްތް ސްކްރީނިންގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް، ރަނގަޅު ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމާއި ސިއްހަތަށް ގެއްލުންވާނެ ފަދަ އާދަތަކާ ދުރުހެލިވެ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދިނުމަށްވެސް މަގުފަހިކޮށްދޭ ކަމެކެވެ.
ރާއްޖޭގައި ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން އުފެދޭ ބަލިތައް ޖެހޭ މީހުން މިހާރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެހެން ކަމުން މިފަދަ ހެލްތް ސްކްރީންތައް ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. އެގޮތުން ޓްރީ ޓޮޕްއިން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންވާ ހެލްތް ޗެކްއަޕްތައް ހެއްދުމުގެ ފުރުސަތު ހޯދައިދެއެވެ.
ވެލްމޭލް ޕެކޭޖުގެ އިތުރު މައުލޫމާތު ހޯދުމަށް ޓްރީ ޓޮޕްގެވެބްސައިޓުންލިބެން ހުންނާނެއެވެ. އަދި ބުކިން ހެއްދުމަށް ނުވަތަ އިތުރު މައުލޫމާތު ހޯއްދެވުމަށް[email protected]އަށް އީމެއިލް ކޮށް ނުވަތަ 3351610 އަށް ގުޅުމުން ލިބޭނެއެވެ.