19 Dec 2022, 20:45
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ނުވަތަ ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާގެ މުއާމަލާތްތައް ރެކޯޑު މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ.
ހިއްސާގެ ބާޒާރުގެ މިއަދުގެ އަގުތަކަށް ބަލާއިރު، އެސްޓީއޯގެ ހިއްސާ ގަތުމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގަކީ 1331 ރުފިޔާއެވެ. އަދި އެސްޓީއޯގެ ހިއްސާ ގަތުމަށް ހުށައަޅާފައިވާ އެންމެ ދަށް އަގަކީ 1330 ރުފިޔާއެވެ.
ހިއްސާގެ ބާޒާރުގެ ދުވަހުގެ ޓްރޭޑިން ބޯޑަށް ބަލާއިރު، އެސްޓީއޯގެ ހިއްސާ ވިއްކުމަށް ހުށައަޅާފައިވާ އެންމެ މަތީ އަގަކީ 1950 ރުފިޔާއެވެ. އަދި އެންމެ ދަށް އަގަކީ 1500 ރުފިޔާއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެސްޓީއޯ ފާހަގަކުރެވިފައިވަނީ ހިއްސާގެ ބާޒާރުގައި އަގުގެ ގޮތުން ހިއްސާގެ މުއާމަލާތްތައް އެންމެ ރަނގަޅު ކުންފުނީގެ ގޮތުގައެވެ. ހިއްސާގެ ބާޒާރުގައި މިއަހަރު އެސްޓީއޯގެ ހިއްސާ ވަނީ 1450 ރުފިޔާއަށް ވިއްކާފައެވެ. މިއީ މިއަހަރުގެ ތެރޭގައި ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުންޏަކުން ހިއްސާ ވިއްކުނު އެންމެ ބޮޑު އަގެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް އެސްޓީއޯގެ 491 ހިއްސާ ވަނީ ވިއްކާފައެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯއަކީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހާ ކުންފުންޏެވެ. އެސްޓީއޯއިން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހާފައެވެ. އެސްޓީއޯގެ މާލީ ބަޔާންތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނިމުނުއިރު އެކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 473 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.