އިސްތަޑިގަނޑު ދެކަފި ވުމަށް ހައްލު ހޯދާކަށް ކޮންމެހެން ބޮޑެތި ހަރަދު ކުރާކަށެއް ނުޖެހޭނެއެވެ. އަދި ލޯބިން ދިގުކުރި އިސްތަށިގަނޑު ކޮށާލާކަށް ވެސް ނުޖެހެއެވެ. މިހާރު އިސްތަށިގަނޑު ނުކޮށައި، ގޭގައި ހުރެގެން ވެސް މިކަމަށް ހައްލު ހޯދިދާނެއެވެ. އަދި ގިނަފަހަރު ބޭނުންވާ ތަކެތި ބަދިގެ ތެރެއިން ލިބެން ހުރެއެވެ.
މި އާޓިކަލްގައި މި ބަލާލަނީ އިސްތަށި ދެކަފި ވުމުން ސަލާމަތް ކޮށްދޭ ކަންކަމަށެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި މި ކަންތައްތަކަކީ %100 ފައިދާ ކުރުވަނިވި ކަންތައްތަކެވެ.

1. ބިސް ޝޭމްޕޫ
އެންމެ އާދައިގެ ޓްރީޓްމަންޓަކަށް ބިސް ޝޭމްޕޫ އިޚުތިޔާރު ކުރާށެވެ. މި ޓްރީޓްމަންޓް ތައްޔާރު ކޮށްލުމަށް ބޭނުން ވަނީ އެއް ބިހާއި ފެންފޮދެކެވެ. އަދި ލިބޭ ނަމަ ރޯސްމަރީގެ އައުންސެކެވެ. ޝޭމްޕޫ ހެދުމަށް އެންމެ ފުރަތަމަ ރޯސްމަރީ ފެނަށް އަޅައި 20 މިނިޓް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. އެއަށްފަހު ހިހޫ ވަންދެން ބެހެއްޓުމަށްފަހު ކެކިފައި ހުރި ފެނަށް ބިސް އަޅައި އެއްކޮށްލާށެވެ. އަދި ތައްޔާރު ކުރި ޝޭމްޕޫ އިން އިސްތަށިގަނޑު މަސާޖް ކޮށްލާށެވެ. އެއަށް ފަހު ދޮވެލާށެވެ.

2. ޕަޕާޔަރ ހެޔަރ ޕެކް
ޕަޕާޔަރ ނުވަތަ ފަޅޯ ޕެކް ހަދަން ބޭނުން ވާނީ ވަރަށް ޅަ ފަޅެލެކެވެ. ފަޅޯ ހޯދާއިރު އިސްތަށިގަނޑު ދިގު ނަމަ ބޮޑު ފަޅޮލެއް އަދި ކުރުނަމަ ކުޑައެއްޗެއް ހޯދާށެވެ. ފަޅޯ މެދުން ފަޅާލުމަށް ފަހު ތޮށި މަށާފައި އެތެރޭގައި ހުރި އޮށްތައް ނަގާށެވެ. މިކްސްޗަރަށް ފަޅޯއަޅައި މިކްސް ކޮށްލާށެވެ. އެއަށް ފަހު ބައި ޖޯޑު އާދައިގެ (ޕްލެއިން) ޔޯގަޓް ވެސް މިކްސްޗަރަށް އަޅައި ފަޅޮލާއި މިކްސް ކޮށްލާށެވެ. ޔޯގަޓް ރަނގަޅަށް ފަޅޮލާއި މިކްސް ވުމުން އިސްތަށިގަނޑު ބައިބަޔަށް ބަހާލުމަށްފަހު ހެދި ޕެކް މުޅި އިސްތަށިގަނޑުގައި ހާކާށެވެ. 30 މިނިޓް ބެހެއްޓުމަށްފަހު ރަނގަޅަށް އިސްތަށިގަނޑު ދޮވެލާށެވެ.

3. ކްރީމް ޓޮނިކް
މި ޓްރީޓްމަންޓް ނަގާނީ ބޯ ދޮވެގެން އައިހެވެ. ޓްރީޓްމަންޓް ތައްޔާރު ކުރުމަށް އެއް ސައިސަމުސާ ހެވީ ކްރީމް ބައި ޖޯޑު ކިރާ އެއްކޮށްލާށެވެ. (ކްރީމް އަކީ ކިރުގެ ބާވަތެކެވެ. މިއީ އާންމު ކޮށް ކާނާ ވިއްކާ ފިހާރަ ތަކުގައި ލިބެން ހުންނަ އެއްޗެކެވެ). ކިރާއި ކްރީމް ރަނގަޅަށްް އެއް ވުމުން އިސްތަށީގައި ހާކާށެވެ. ހާކާއިރު ބޮޑަށް އިސްތަށި ކޮޅުގައި ހާކާށެވެ. 15 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.

4. މާމުއި ގެ ޖާދޫ
މާމުޔަކީ އިސްތަށި ދެކަފި ވުމުން އެއަށް ދެވޭ ވަރަށް ރަނގަޅު ފަރުވާ އެކެވެ. ހާއްސަ ކޮށް ކާރޑް އާއި އެއްކޮށްގެން ބޭނުން ކުރުމުންނެވެ. ބައި ޖޯޑު ކާރޑް އަށް އެއް ސައި ސަމުސާ މާމުއި އަޅައި އެއްކޮށްލުމަށްފަހު އިސްތަށިގަނޑުގައި ހާކާށެވެ. ހާކާއިރު ގިނައިން އިސްތަށި ކޮޅުގައި ހާކާށެވެ. 20 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ. ދޮންނާނީ ހަމައެކަނި ފެނުންނެވެ. ޝޭމްޕޫ ބޭނުން ނުކުރާށެވެ. މި ޓްރީޓްމަންޓުން އިސްތަށިގަނޑު ދެކަފި ވުން ރަނގަޅުވުމުގެ އިތުރުން އިސްތަށިގަނޑު މަޑުވެ އަދި އިސްތަށިގަނޑު ވިދައެވެ.

5. އެވަކާޑޯ
އެވަކާޑޯ ގިނައިން ކާ ކަމުގައި ވަނީނަމަ ހަންގަނޑު މަޑުވެ އިސްތަށިގަނޑުވެސް މަޑުވާކަން ފާހަގަ ވާނެއެވެ. އެވަކާޑޯ ގައި ހިމެނޭ ތެލަކީ ހަމަށާއި އިސްތަށިގަނޑަށް ވަރަށް ފައިދާކުރުވަނިވި ޓްރީޓްމަންޓްއެކެވެ. އެވަކާޑޯއެއް ޗަސްކޮށްލުމަށްފަހު ތެތް އިސްތަށިގަނޑެއްގައި މަސާޖްކުރާށެވެ. އިސްތަށީގެ ބުޑު ހާއްސަކޮށް ދެކަފި ވެފައި ހުރިބައިގައި ރަނގަޅަށް ހާކަންވާނެއެވެ. 15 މިނެޓާއި ބައި ގަޑިއިރުގެ ވަގުތެއް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ޒައިތޫނި ތެޔޮ ކޮޅެއް އެއްކުރުމުން އިތުރު އަލި ކަމެއް އިސްތަށިގަނޑަށް ލިބެއެވެ.

6. ޒައިތޫނި ތެޔޮ
މުޅި އިސްތަށިގަނޑުގައި ލެވޭވަރަށް ޒައިތޫނި ތެޔޮ ކޮޅެއް ހޫނު ކުރުމަށްފަހު އިސްތަށިގަނޑުގައި މަސާޖް ކޮށްލާށެވެ. އިސްތަށީގެ ކޮޅުގަޔާއި ހާއްސަކޮށް ދެކަފިވެފައި ހުރި ބައިގައި ރަނގަޅަށް ތެޔޮ ހާކަން ވާނެއެވެ. އެއްކޮށް އިސްތަށިގަނޑުގައި ތެޔޮ ހޭކުނީމާ ތުވާއްޔެއް ބޮލުގައި އައްސާށެވެ. މިގޮތަށް އައްސާނީ އިސްތަށިގަނޑު އެއްކޮށް ފޮރުވޭގޮތަށެވެ. ނުވަތަ ޝަވަރ ކެޕެއްވެސް ބޭނުން ކުރެވިދާނެއެވެ. މިހެން ހެދުމުން ތެޔޮތައް ހުންނާނީ ރަނގަޅަށް އިސްތަށިގަނޑަށް ވަދެފައެވެ. ބައިގަޑިއިރު ބެހެއްޓެމަށްފަހު ބޯ ދޮވެލާށެވެ.

އިސްތަށިގަނޑު ދެކަފި ވުމުން ސަލާމަތް ވުމަށް ބައިވަރު ޓްރީޓްމަންޓްސް ގޭގައި ތައްޔާރު ކޮށްލެވިދާނެއެވެ. އިސްތަށި ކުލަޖައްސާ އަޔަންބޭނުން ކޮށް ބްލޯޑްރައި ކުރާނަމަ މި އާޓިކަލް ގައި ހިމަނާފައިވާ ކަންތައްތައް ކުރުމުން އިސްތަށިގަނޑު ހަލާކުވުން ދުރުވެ އުޖާލާކޮށް، ސިއްހަތު ރަނގަޅުކޮށް ހުންނާނެއެވެ. މި ޓްރީޓްމަންޓް ތަކަކީ ހުރިހާ ވައްތަރެއްގެ އިސްތަށިތަކާ ވެސް ގުޅޭ ޓްރީޓްމަންޓް ތަކެކެވެ.