ޑީސީގެ މަޝްހޫރު ސުޕަހީރޯ "ސުޕަމޭން"ގެ ރޯލަށް އެކްޓަރު ހެންރީ ކެވިލް މިހާރު ނުގެންނަން ނިންމި ނަމަވެސް ވިޗާގެ ރޯލަށް އަނބުރާ ނުދާނެ ކަމަށް ކެވިލް ހާމަކޮށްފިއެވެ.

ވޯނަބްރޮސްގެ ޑީސީގެ ދަށުން ގެނެސްދޭ ސުޕަމޭންގެ ރޯލުން 2017 އިން ފެށިގެން ފެންނަމުން އަންނީ ކެވިލް އެވެ. އެއަށްފަހު އޭނާ އެ ރޯލުން ނުފެނި ހުރެ އަލުން އެ ރޯލަށް އެނބުރި އައުމަށް އިއުލާނުކޮށްފައިވަނީ އޮކްޓޯބަރ މަހުގައެވެ.

ނަމަވެސް ދާދިފަހުން ހާމަވެފައިވާގޮތުގައި ކެވިލް މިހާރު އެ ރޯލަށް ނުގެނައުމަށް ވަނީ ނިންމާފައެވެ. އަދި, ސުޕަމޭންގެ ރޯލަށް އާ އެކްޓަރެއް ކާސްޓުކޮށްގެން އަލުން ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

މި ވާހަކަ އިވިފައިވަނީ ކެވިލް އެހެން ރޯލަކުން ވެސް ދުރަށް ދިޔުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ކެވިލް ދާދިފަހުން ވަނީ، ނެޓްފްލިކްސްގެ "ދަ ވިޗާ" ފްރެންޗައިޒްގެ ލީޑުން ދުރަށް ދާން ނިންމައިފައެވެ. ދެން އޭނާ ފެންނާނީ އެ ޝޯގެ އެންމެ ސީޒަނަކުންނެވެ.

މިއާ ގުޅިގެން އެތައް ސަޕޯޓަރުންނެއް ވަނީ ކެވިލް އަނބުރާ ވިޗާގެ ރޯލަށް ދިއުމަށް އެދިފައެވެ. އެކަމަކު،ދަ ވިޗާގެ ޕްރޮޑަކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިޗާގެ ތިންވަނަ ސީޒަން އަށް ފަހު ކެވިލް ޝޯއަށް އަލްވަދާއު ކިޔާނެ ކަމަށެވެ.

އަދި ޝޯގެ ހަތަރު ވަނަ ސީޒަނަށް ކެވިލް އަނބުރާ ނާންނާނެ ކަމަށާއި އެރޯލަށް މިހާރުއެކްޓަރު ލިއަމް ހެމްސްވޯތް ކާސްޓްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.