10 Apr 2012, 12:40
ސައިކަލެއްގައި ދިޔަ މީހަކު ހިފަހައްޓައި އެމީހާއަށް ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ އިއްޔެ އިރުއޮއްސުނު ވަގުތު އެ މީހާއަށް ހަމަލަދީފައި ވަނީ ދެވިނަގޯޅި ތެރެއިން ކަމަށާއި ހަމަލާ ދިނީ ތިން މީހަކު ވެގެން ހިފަހެއްޓުމަށް ފަހު ކަމަށެވެ. މި ހަމަލާގައި ދުވާރުމަތީ ގަލަކުން ޖަހައި އެމީހާގެ ބޯފަޅާލައިފާވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެމީހާއަށް ލިބުނު ޒަޚަމްތަކުގެ އިތުރު ތަފްސީލާއި އެއީ ކާކު ކަމެއް ވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ޖަލުގައި ތިބެންޖެހޭ 400 އަށްވުރެ ގިނަ މީހުން މަގުމަތީގައި އުޅެމުންދާ ކަމަށް ފުލުހުން ބުނާއިރު ފަހަކަށް އައިސް މާލެތެރޭ މާރާމާރީއާ ވައްކަމާއި ފޭރުން ވަނީ އިތުރުވެފަ އެވެ.