އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ބޮޑު ތަފާތަކުން ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހޮވިވަޑައިގެންފިއެވެ.

އެންމެ އުތުރުގެ ތިން އަތޮޅުކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅު ހިމެނޭ އެމްޑީޕީގެ މަތި އިތުރު ޕްރޮވިންސްގެ ރައީސްކަން އަކްރާމް ކާމިޔާބު ކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އާއި ހެރިޓޭޖް މިިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމްއާ ވާދަކޮށެވެ.

ތިން އަތޮޅުގެ 40 ރަށެއްގައި ކުރިއަށް ގެންދިޔަ އެ އިންތިޚާބުގައި އަކްރަމްއަށް ލިބިވަޑައިގަތީ 2988 ވޯޓެެވެ. އޭނާއާ އެންމެ ކައިރި ކުރެއްވި އާދިލަށް ލިބިވަޑައިގަތީ 804 ވޯޓެވެ. ހާޝިމަށް ލިބިލެއްވީ 262 ވޯޓެވެ.

އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އިބްރާހިމް ވަހީދު (އިބްރޭ) އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާޝަންގެ މަގާމަށް އިންތިޚާބުވުމުންނެވެ.