10 Apr 2012, 12:23
ކުޅުދުއްފުށީ ބަޔަކު، ނޮޅިވަރަމްފަރަށް އަރައި ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ނޮޅިވަރަމްފަރަށް އަރައި ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ކުޅުދުއްފުށީ ފަސް މީހަކު ކަމަށެވެ.
ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް އިބްރާހިމް އަލީ ވިދާޅުވީ އާދިއްތަ ދުވަހުގެރޭ އެ ރަށަށް ދިޔަ ކުޅުދުއްފުށީ ފަސް މީހަކު އެރޭ އެ ރަށުގެ ފިހާރައަކުން ފޯނެއް ވަގަށް ނަގާފައިވާ ކަމަށެވެ. އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ފިހާރައަށް ވަދެ ފޯނު ވަގަށް ނެގިކަން އެނގުނީ އެމީހުން ފުރައިގެން ދިޔަފަހުން ކަމަށެވެ.
އިބްރާހިމް ވިދާޅުބީ އޭގެ ތެރެއިން ތިން މީހަކު އެ ރަށަށް ދިޔައީ އާދިއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ކަމަށާއި އަނެއް ދެ މީހުން ދިޔައީ އޭގެ ދެތިން ދުވަހެއް ކުރިން ކަމަށެވެ.