16 Dec 2022, 15:11
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލްް "ސަން"އަށް ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވީ ތިން ފިރިހެނަކާއި އަންހެނަކަށް ކަމަށެވެ. އަދި އެމީހުނަށް ފަރުވާދެނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
މި ހާދިސާ ފުލުހަށް ރިޕޯޓުުކޮށްފައި ވަނީ މިއަދު 1:00ހާއިރެވެ.
މި އެކްސިޑެންޓާގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.