ހެންވޭރުކޮޅުގައި ހުރި ސައިކަލު ތަކެއްގައި ރޭ ވެސް ކަޓަރު އަޅައި ގެއްލުންދީފި އެވެ.

ފުލުހުން ބުނީ ހެންވޭރު އަޑު ޕާކު ކައިރީ ޕާކިންޒޯނުގައި ހުރި 43 ސައިކަލެއްގެ މަޑި ރޭ ދަންވަރު ކަފާލިއިރު ދަނާލު ކައިރީ ހުރި ސައިކަލެއްގެ މަޑި ވެސް ކަފާލާފައިވާ ކަމަށެވެ. މި ދެ ހަމަލަ ދީފައި ވަނީ އިއްރޭ ލޮނުޒިޔާރަތް މަގުން ހެންވޭރުކޮޅުގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކެއްގެ މަޑި ކަފާލުމާ ގުޅިގެން މީހަކު ހައްޔަރުކޮށް ތަހުގީގު ފަށާފައި ވަނިކޮށެވެ. އެ ހަމަލާގައި ވެސް 53 ސައިކަލެއްގެ މަޑި ކަފާލައި ގެއްލުންތައް ވަނީ ދީފަ އެވެ.

ރޭ ގެ ދެ ހަމަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފަ އެއް ނުވެއެވެ. ފަހަކަށް އައިސް މަގުމަތީގައި ޕާކްކޮށްފައި ހުންނަ ސައިކަލު ތަކަށް ގެއްލުން ދިނުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.