19:00


އިންސާނީ ހައްގުތައް ނިގުޅައިގަތުމާ ގުޅޭ މައްސަލަތައް ހުށަހެޅޭ ގޮތަށް ހިލޭ ގުޅޭ ނަންބަރެއް ހިއުމަން ރައިޓްސް ކޮމިޝަނުން ލޯންޗްކޮށްފި އެވެ. 


ހިއުމަން ރައިޓްސްކޮމިޝަން އޮފް ދަ މޯލްޑިވްސުން އިއްޔެ ލޯންޗްކުރި ހިލޭ ގުޅޭ ފޯން ނަމްބަރަކީ "1424" ހަފްތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 ން ރޭގަނޑު 12:00 އާ ދެމެދު އެ ނަމްބަރަށް ގުޅާ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ.


އެޗްއާރްސީއެމުން ބުނި ގޮތުގައި، މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަތުމާ ގުޅޭ މައްސަލައެއް ނުވަތަ ރާއްޖޭގައި ޢަމަލުކުރެވޭ އެއްވެސް އިދާރީ އުސޫލަކީ އެއްވެސް މީހަކަށް ލިބިދޭ އިންސާނީ ޙައްޤަކާ ޚިލާފުވެފައިވާ ކަމަށް ޤަބޫލުކުރެވޭ ނަމަ އެފަދަ މައްސަލައެއްވެސް އެ ނަންބަރު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އިދާރާއަކުން ނަމަވެސް، އިންސާނީ ޙައްޤުތަކާ ޚިލާފަށް ކަމެއް ހިންގާ ކަމަށް ޤަބޫލު ކުރެވޭނަމަ، އެ މައްސަލައެއްވެސް އެޗްއާރްސީ އަށް ހުށަހެޅޭނެ ކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެ އެވެ.


ކުޑަކުދިންނަ ކުރާ އަނިޔާތަކުގެ މައްސަލަތައް ކުދިންނަށް ފަސޭހައިން ރިޕޯޓުކުރެވޭނެ މަގުފަހިކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖެންޑާ އެންޑް ފެމިލީން ވަނީ މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ހިލޭ ގުޅޭ ފޯން ނަންބަރު "1412" ލޯންޗްކޮށްފަ އެވެ.