10 Apr 2012, 09:16
އައްޑޫ އަތޮޅު ގަމުގެ ބޭރުން ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓު ގަމުގެ ބަނދަރަށް ގެންގޮސްފި އެވެ. ރޭ ބޯޓު އަތުލައިގަތީ އައްޑު އަތޮޅުގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 35 މޭލު ބޭރުނެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ލަންކާގެ ހަތަރު މަސްވެރިން ތިބި ބޯޓު ގަމުގެ ބޭރު ބަނދަރަށް ގެންދިޔައީ މިއަދު ހެނދުނު ކަމަށާއި ސިފައިންނާއި ފުލުހުން އެ ބޯޓު ޗެކްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"ބޯޓް ފާސްކޮށް ނިމުމުން އިތުރު މައުލޫމާތު ހާމަކުރާނެ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ބޯޓު ވަދެގެން އުޅެނިކޮށް އިއްޔެ ފެނުނީ އެ ސަރަހައްދުގައި އުޅުނު “މަހިނޫރު” ނަމަކަށް ކިޔާ ކަންނެލި މަސް ދޯންޏަކަށް ކަމަށެވެ. ދޯނިން އެމްއެންޑީއެފަށް އެ މައުލޫމާތު ދިނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 5:30 އެހާކަން ހާއިރު އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެސް ހއ. ހޯރަފުއްޓާ ދިމާލު ހުޅަނގު އުތުރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޯޓެއް ހައިޖެކް ކޮށްފަ އެވެ. ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އެ ބޯޓު ރާއްޖެއާ ދުރަށް ގެންގޮސްފަ އެވެ.