ފީފާ ވޯލްޑް ކަޕުގެ މިރޭ ދަންވަރު ކުޅޭ މެޗު ފެށުމުގެ ކުރިން ވެސް، އާޓިފިޝަލް ބީޗުގައި ހަބޭސް ބޮޑުބެރު ގުރޫޕުގެ ލައިވް ޝޯއެއް އޮންނާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން އާޓިފިޝަލް ބީޗުގައި ވޯލްޑް ކަޕަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ "ފޭންޒޯން"ގައި ރޭ، އާޖެންޓީނާ އާއި ކްރޮއޭޝިއާގެ މެޗު ދެއްކުމުގެ ކުރިން ހަބޭސް ގުރޫޕުގެ ޝޯއެއް ބޭއްވިއެވެ.

އެ ޝޯއަަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނު އިރު، މިރޭ ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗު ފެށުމުގެ ކުރިން ވެސް ޝޯއެއް ބާއްވާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެ ކުންފުނިން ބުނީ މިރޭގެ ޝޯ ފެށޭނީ 10:30ގައި ކަމަށެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ރޭ ކުޅުނު އިރު، އާޖެންޓީނާއިން އެ މެޗު ކާމިޔާބު ކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ވެސް ފަށާނީ ރާއްޖެ ގަޑިން 12:00ގައެވެ.