ސިނަމާލެ ބަރިޖްމަތިން 264 ބަނގުރާ ފުޅިއާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއެކު މާލެ ސިޓީގައި ރޭ ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރެއިން 264 ފުޅި ބަނގުރާ ފެނުމުންނެވެ.

"ޑްރަގް އެންފޯސްމަންޓުން މި މައްސަލަދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.