ފީފާ ވޯލްޑް ކަޕުގެ މިރޭގެ މެޗު ފެށުމުގެ ކުރިން، އާޓިފިޝަލް ބީޗުގައި ހަބޭސް ބޮޑުބެރު ގުރޫޕުގެ ލައިވް ޝޯއެއް އޮންނާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ކުރި ޓްވީޓެއްގައިވާ ގޮތުން، އާޓިފިޝަލް ބީޗުގައި އެ ކުންފުނިން ހަދާފައިވާ 'ފޭންޒޯން'ގައި ހަބޭސް ގުރޫޕުގެ ލައިވް މިއުޒިކް ޝޯއެއް މިރޭ 10:00ގައި ފަށާނެއެވެ.

އެ ސަރަހައްދުގައި މެޗު ދައްކަން ފެށުމުގެ ކުރިން، ޝޯ ބެލުމަށް ވީހާ ވެސް ގިނަ މީހުން ދިޔުމަށް އުރީދޫއިން ވަނީ އެދިފައެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗުތައް މިރޭ ފަށާއިރު، އެންމެ ފުރަތަމަ ކުޅެނީ އާޖެންޓީނާ އާއި ކްރޮއޭޝިއާއެވެ. އެ މެޗު ފަށާނީ 12:00ގައެވެ.

ރާއްޖޭގައި ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށް ޓަކައި އުރީދޫއިން ވަނީ ކައުންސިލްތަކާ ގުޅިގެން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފޭން ޒޯންތައް ހަދާފައެވެ. އެ ޒޯންތަކުގައި ހުންނަނީ ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.