އުމުރުން އެންމެ 19 އަހަރުގެ ނިބާލް އަލީ ރަޝީދު ދިރާގު ޕޯސްޓްޕެއިޑަށް ސަބްސްކްރައިބް ކުރީ ދިރާގުން ޕްރޮމޯޝަނެއް ކުރިއަށްގެންދާ ކަމެއް އެނގިގެނެއްނޫނެވެ. އެހެންކަމުން ނަބީލުގެ އަތުގައި ނަސީބުވެސް ހިފީ ނުވެސް އެނގި ހުއްޓައެވެ. އެއްލައްކަ ރުފިޔާގެ އަގުހުރި ބޮޑު ދަތުރެއް ނިބާލްއަށް ދިރާގުގެ ފަރާތުން ލިބި، މިއަދު މި ވަނީ އެ ދަތުރު ފަށާފައެވެ.

މި އަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހަށް ދިރާގުން ހުޅުވާލީ، ދިރާގު ޕޯސްޓްޕެއިޑް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްގެން ހިލޭ ދަތުރެއް ދެ ފަރާތަކަށް ލިބުމުގެ ފުރުސަތެވެ. އެ ދަތުރުން ދެވެނީ އެންމެ މަންޒިލަކަށް ނޫނެވެ. އެ ބޮޑު ދަތުރުގައި އަބޫ ދާބީ، ދުބާއީ އަދި އިސްތަންބޫލަށް ދެވެއެވެ.

މީގެ އިތުރުން ހިލޭ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ދުބާއީ އާއި އިސްތަންބޫލްގެ ދެ ޓުއާއެއްވެސް މި ޕެކޭޖްގައި ހިމެނެއެވެ. އަދި 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއް ވެސް މި ޕެކޭޖުގައި ހިމެނެއެވެ.

ދިރާގުން ނިބާލު އަދި ލޫތްއާއި ދަތުރު ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ދިރާގު

މި ދަތުރުގައި ނިބާލްއާއެކު އޭނާގެ ރަޙްމަތްތެރިއެއް ކަމުގައިވާ، 18 އަހަރުގެ ލޫތު އަބްދުލް އަލިއްޔުވެސް ބައިވެރިވާނެއެވެ.

ނިބާލް ބުނި ގޮތުގައި އެ ދެކުދިން އެންމެ ކެތްމަދުވެފައި ތިބީ ކޮންމެވެސް އެއް މަންޒިލެއްގެ ސަހަރާގައި ކުއެޑް ބައިކެއް ދުއްވުމަށެވެ. އަދި އެ ތިން ސިޓީއިން ނިބާލަށް ފެންނާނެ ތަންތަން ބެލުމަށްވެސް އޭނާ ހުރީ ކެތްމަދުވެފައެވެ.