09 Apr 2012, 23:18
ރެއާލް މެޑްރިޑުން މިސީޒަނުގެ ސްޕެނިޝް ލަލީގާ ހޯދާނެ ކަމާމެދު އެއްވެސް ސައްކެއް ނުކުރާކަމަށް ވާދަވެރި ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް އެއްބަސްވެއްޖެ އެވެ.
ފެބުރިގާސް ބުނީ، ލީގުގައި އަދި ވެސް ގިނަ މެޗްތަކެއް ހުރި ކަމުގައި ވިޔަސް، މިފަހަރަކީ ރެއާލްގެ ފަހަރެއް ކަމަށެވެ. އެގޮތުން ރެއާލްގެ އުންމީދުތައް ފަހަތަށް ޖައްސަން ބޭނުން ނަމަ ބާސާއިން ވަރަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ފެބްރިގާސް ވާނީ ބުނެފަ އެވެ.
"މިފަހަރުގެ ލަލީގާ ކާމިޔާބު ކުރާނީ ރެއާލްއިން. ރެއާލުން އަންނަނީ ނަތީޖާތައް ރަނގަޅު ކުރަމުން. ނަމަވެސް ލީގުގައި އަދިވެސް ގިނަ މެޗުތަކެއް އެބައޮތް" ފެބްރިގާސް ބުންޏެވެ.
ލަލީގާގައި ރެއާލްއިން މިދިޔަމަހު ވަނީ ދިހަ ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ނަމަވެސް މަލާގާއާއި ވިލަރެއާލްއާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމުން އެލީޑު ވަނީ ހަނިވެފަ އެވެ. އަދި ލަލީގާގައި ވެލެންސިއާ އާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުން އެއްވަރުވުމުން ދެވަނާގައިއޮތް ބާސާއާއި ރެއާލް އާއި ދެމެދު އޮތް ހަޕޮއިންޓްގެ ފަރަގު މިހާރު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފައިވެ އެވެ.