09 Apr 2012, 21:13
އައްޑޫ ސިޓީގެ ގަމާއި ގާތްގަނޑަކަށް 26 މޭލު ބޭރުން ރާއްޖޭގެ ސަރަހައްދަށް ސްރީލަންކާގެ ބޯޓެއް ވަދެގެން އުޅެނިކޮށް ސިފައިން ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ފެނިފައި ވަނީ އައްޑޫ ސިޓީގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 35 ނޯޓިކަލް މޭލު ބޭރުން ކަމަށާއި މިހާރު އެ ބޯޓު ކޯސްޓް ގާޑްގެ ކޮންޓްރޯލް ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި ބުނީ ލަފާކުރެވޭގޮތުގައި އެ ބޯޓަކީ ލަންކާގެ މަސްބޯޓެއް ކަމަށާއި އެ ބޯޓު އައްޑޫ ފަޅުތެރެއަށް ވެއްދުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ބޯޓް އައްޑޫ ފަޅުތެރެއަށް ވެއްދޭވަރުވާނީ މާދަމާ ހެނދުނު ކަމަށެވެ.
ލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ އެ ބޯޓު މިއަދު ހަވީރު ފުރަތަމަ ފެނުނީ އެ ސަރަހައްދުގައި އުޅުނު “މަހިނޫރު” ނަމަކަށް ކިޔާ ކަންނެލި މަސް ދޯންޏަކަށް ކަމަށާއި އެމްއެންޑީއެފް އަށް އެ މައުލޫމާތު ލިބުނީ މިއަދު ހަވީރު ގާތްގަނޑަކަށް 5:30 އެހާކަން ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރު ގާތްގަނޑަކަށް 17:43 އެހާކަން ހާއިރު ފުލުހުންގެ ފަރާތުން އެ މައުލޫމާތު ސިފައިންނަށް ލިބުމުން ކޯސްޓް ގާޑުން މިރޭ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދަނިކޮށް އެބޯޓް ފެނިފައިވަނީ އައްޑޫ ސިޓީގެ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 35 ނޯޓިކަލް މޭލު ބޭރުންކަށެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެސް ހއ. ހޯރަފުއްޓާ ދިމާލު ހުޅަނގު އުތުރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބޯޓެއް ހައިޖެކް ކޮށްފަ އެވެ. ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އެ ބޯޓު ރާއްޖެއާ ދުރަށް ގެންގޮސްފަ އެވެ.