12 Dec 2022, 19:34
އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކަމަށް ބެލެވޭ 15 ރީނދޫ ހަން ފުލުހުން މިއަދު ހޯދައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުން މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އެތަކެތި ހޯދާފައިވަނީ ހިތަދޫގައި މަސައްކަތްކުރާ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރަމުގެ ތެރޭގައި އެ ރަށު ފަޅުގެއެއްގެ ތެރެއިންނެވެ.
އެ މައްސަލައިގެ ތަހުގީގު ފަށައިގެން ކުރިއަށް ގެންދިޔަޔަސް މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ހިންގަމުން އަންނަ އެފަދަ އޮޕަރޭޝަންތަކުގައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ވަނީ ބަނގުރާ ތައްޔާރުކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ސާމާނު ހޯދާފައެވެ.
އެފަދަ ތަކެތީގެ ތެރޭގައި ބަނގުރާ ކައްކަން ބޭނުން ކުރާ ގޭސް އުނދުނާއި ބަނގުރާ ރައްކާކުރުމަށް ބޭނުން ކުރާ ރީނދޫ ހަން ފަދަ ތަކެތި ފާހަގަ ކުރެވެއެވެ.