09 Apr 2012, 19:27
ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހަކު ދެވަނަ ފުރުސަތު އޮފީހުން ވައްކަން ކޮށްގެން މިއަދު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ އަބްދުﷲ ސަފީރު، ސ.ހުޅުދޫ، 31 އަހަރު ކަމައްފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދެވަނަ ފުރުސަތު އޮފީހުން ސަފީރު ވަގަށް ނެގީ 21،000ރ. ގެ ކެނޯން ބްރޭންޑުގެ ކެމެރާއަކާއި ހަމަ އެ ބްރޭންޑްގެ 12،000ރ. ގެ ކެމެރާއެއް ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ހުރަވީ ބިލްޑިންގުގައި ހުންނަ އެ އޮފީހުން ވައްކަން ކޮށްގެން ދަނިކޮށް ވަގަށް ނެގި ތަކެއްޗާއެކު އެކު ވެލާނާގެ ކައިރިން ކަމަށް ފުލުހުންބުންޏެވެ.
ދެވަނަ ފުރުސަތުގެ ދަށުން 438 މީހަކު ދޫކޮށްލާފައިވާއިރު އޭގެ ތެރެއިން 64 މީހަކު ވަނީ އެކި ފަހަރު މަތިން ހައްޔަރުކޮށްފަ އެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ޖަލަށްވެސް ގެންގޮސްފަ އެވެ.