09 Dec 2022, 13:32
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން(އެސްޓީއޯ)އިން ފުރަތަމަ ފަހަރަށް އެކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ސްޓާފް އެވޯޑް ހަފްލާ ރޭ ބާއްވައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި އެސްޓީއޯގައި މަސައްކަތްކުރާ އެކި މުވައްޒަފުންނަށް ވަނީ އެކި އެވޯޑުތައް ދީފައެވެ.
އެސްޓީއޯއިން ބުނީ ސްޓާފް އެވޯޑް ހަފްލާގެ މަގުސަދަކީ އެ ކުންފުނީގެ ކުރިއެރުމަށް ބާރު ފޯރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްގު ޝަރަފެއް ދިނުން ކަަމަށެވެ.

އެސްޓީއޯގެ ފުރަތަމަ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން ---
އެ އެވޯޑް ހަފްލާގައި މުވައްޒަފުންނަށް ތަފާތު އެވޯޑުތަކެއް ދީފައިވާއިރު އޭގެ ތެރޭގައި ބްރިލިއަންސް އެވޯޑާއި އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑާއި އައުޓްސްޓޭންޑިން އިނޮވޭޓާ އެވޯޑާއި ގޮޓް ދެޓް އެކްސްޓްރާ މައިލް، ޓީމް ޕްލެޔާ އެވޯޑާއި ސާވިސް އެކްސަލަންސް އެވޯޑާއި ސޭލްސް ފްރަންޓް ރަނާ އެވޯޑާއި ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑާއި ހައިޕާ ހެލްޕާ އެވޯޑާއި ސްޕޯޓްސް ސްޓާ އެވޯޑުގެ އިތުރުން އެމްޕްލޯއި ޗޮއިސް އެވޯޑް ހިމެނެއެވެ.
އެސްޓީއޯގެ މުވައްޒަފުންނަށް ރޭ ދިން އެ އެވޯޑްތަކަށް އެ ކުންފުނީގެ މުވައްޒަފުން ނޮމިނޭޓް ކުރުން ކުރިއަށް ގެންދިޔައީ އެކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލަކުންނެވެ.

އެސްޓީއޯގެ ފުރަތަމަ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން ---
އެސްޓީއޯއިން ބުނީ ނޮމިނޭޝަނަށް ހުޅުވައިލުުމުން، 598 ނޮމިނޭޝަން ލިބުނު ކަމަށެވެ.
އެ އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންގެ ނަންތައް ދިރާސާ ކުރީ އެކަމަށް ޚާއްސަކޮށް އުފެއްދި ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.