09 Apr 2012, 15:38
ލޮނު ޒިޔާރާތްކޮޅުގައި އެމްޑީޕީން ޖެހި ކޭމްޕްތައް ރޫޅާލި މައްސަލާގައި ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލުމުން އަނެއްކާ ވެސް މައްސަލަ ކޯޓަށް ވައްދައިފި އެވެ. މިއަދު މައްސަލަ އަލުން ކޯޓަށް ވެއްދީ ދައުވާ ފޯމްގައި ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ސޮއިކުރެއްވުމަށް ފަހު ކަމަށެވެ.
އިއްޔެ އެމްޑީޕީގެ ދައުވާ ބާތިލުކޮށްލީ އެޕާޓީން ދައުވާކުރާއިރު ދައުވާ ފޯމުގައި ސޮއިކުރުމުގެ ބާރު ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކަށް ލިބިގެންނުވާ ކަމަށް ބުނެ އެވެ.
އެމްޑީޕީގެ ދައުވާގައި ބުނަނީ ލޮނު ޒިޔާރަތްކޮޅުގައި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު އެ ޕާޓީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ކޭމްތައް ރޫޅައިލި އިރު ފުލުހުން ގެންދިޔަ ތަކެތި ހޯދުމަށެވެ.