10 Dec 2022, 20:57
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އަލަށް އުފަންވާ ކުދިންނަށް ދެމުންދާ ގިފްޓު ޕެކްތައް މިދިޔަ މަހު 209 ކުއްޖަކަށް ދީފިއެވެ.
"ފަޚުރުވެރި އާއިލާ"ގެ ނަމުގައި އެސްޓީއޯއިން ހަދިޔާކުރާ މި ގިފްޓު ޕެކްތަކުގައި އަލަށް އުފަންވާ ދަރިފުޅުގެ އިތުރުން މައިމީހާއަށް ބޭނުންވާ ސާމާނު ހުންނާނެއެވެ.
މިދިޔަ މަހު މި ގިފްޓު ޕެކްތައް 10 ހޮސްޕިޓަލެއްގައި އުފަންވި ކުދިންނަށް ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، ކުޅުދުއްފުށީ ހޮސްޕިޓަލް، އުނގޫފާރު ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.
ނިމިދިޔަ މަހު އުފަންވި ކުދިންނަށް ބަލާއިރު، ގިފްޓް ޕެކް އެންމެ ގިނައިން ދީފައިވަނީ އަންހެން ކުދިންނަށެވެ. އެގޮތުން 112 އަންހެން ކުއްޖަކަށް ގިފްޓް ޕެކް ދީފައިވާއިރު، 92 ފިރިހެން ކުއްޖަކަށް ގިފްޓް ޕެކް ވަނީ ދީފައެވެ.
ވަކިވަކި ހޮސްޕިޓަލުތަކުގައި ގިފްޓް ޕެކް ލިބުނު ކުދިންގެ އަދަދުތަކަށް ބަލާއިރު:
އައިޖީއެމްއެޗް: 76
- ހުޅުމާލެ ހޮސްޕިޓަލް: 28
- ޓްރީ ޓޮޕް ހޮސްޕިޓަލް: 34
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: 27
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް: 23
- ގަން ރީޖަނަލް ހޮސްޕިޓަލް: 11
- ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް: 3
- ފުވައްމުލަކު ހޮސްޕިޓަލް: 4
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: 3
މިދިޔަ މަހާއެކު މި އަހަރުގެ މިހާތަނަށް އެސްޓީއޯއިން ވަނީ 2،224 ކުއްޖަކަށް މި ހަދިޔާތައް ދީފައެވެ. އެގޮތުން މަހެއްގެ މައްޗަށް އެސްޓީއޯއިން ގިފްޓް ޕެކް ދިން ކުދިންގެ އަދަދުތަކަށް ބަލާއިރު؛
ޖެނުއަރީ: 211
- ފެބްރުއަރީ: 86
- މާޗް: 186
- އެޕްރީލް: 140
- މޭއި: 165
- ޖޫން: 241
- ޖުލައި: 234
- އޮގަސްޓު: 224
- ސެޕްޓެމްބަރު: 260
- އޮކްޓޯބަރު: 268
- ނޮވެމްބަރު: 209
އެސްޓީއޯއިން ދޭ ގިފްޓް ޕެކްގައި ހިމެނޭނީ އެކުންފުނިން ރާއްޖެއަށް އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. އެގޮތުން ޕިޔުރިޓީ ބްރޭންޑްގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް ފަސޭހަ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން މި ގިފްޓު ޕެކުގައި މައިންބަފައިންނަށް ޚާއްސަ އަތްމަތީ ފޮތެއްވެސް ހިމަނާފައިވެއެވެ. އެގޮތުން މި ފޮތުގެ ބޭނުމަކީ ދަރިން ބެލުމުގައި ދިމާވާ އާންމު މައްސަލަތަކާއި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި އެނޫންވެސް ކަންކަމަށް އެހީތެރިވުމަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތަށް ރާއްޖޭގެ ސިއްހީ މާހިރުން ވެސް ތައުރީފު ކުރައްވާފައިވެއެވެ.
އެސްޓީއޯއިން ގިފްޓް ޕެކް ހަދިޔާކުރުމުގެ ކެމްޕޭން ފެށީ ދެ ހޮސްޕިޓަލެއްގައެވެ. ނަމަވެސް މިއަދު ޖުމްލަ 10 ހޮސްޕިޓަލަކަށް މި ކެމްޕޭނު ވަނީ ފުޅާކޮށްފައެވެ.
އެސްޓީއޯގެ އަމާޒަކީ މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް ފުޅާކޮށް، ރައްޔިތުންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދިނުން ކަމުގައި އެކުންފުނިން ބުނެއެވެ.