07 Dec 2022, 11:10
އާތުރޮސްކޮޕީ މެދުވެރިކޮށް ކަކުލުގެ ލިގަމެންޓް ރީކޮންސްޓްރަކްޓު ކުރުމުގެ ސާޖަރީއެއް އެންމެ އެނެސްތީޝިއާއެއްގެ ދަށުން ކާމިޔާބުކަމާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮށްފިއެވެ.
އުމުރުން 31 އަހަރުގެ އެ އަންހެން މީހާއަށް ދިމާވި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކުގެ ސަބަބުން މުޅި ކަކުލު ހުޅު ފަޅައިގެން ގޮސް، ކަކުލު ހުޅުގެ ހުރިހާ ލިގަމެންޓްތައް ހަލާކުވުމުގެ ސަބަބުން ފަރުވާ ހޯދަން ޖެހުނެވެ.
މިއީ ރާއްޖޭގައި ލިގަމެންޓް ރިކޮންސްޓްރަކްޝަން އަދި ޕީސީއެލް ރިކޮންސްޓްރަކްޝަންގެ ހުރިހާ ލިގެމެންޓެއް ރިކޮންސްޓްރަކްޓް ކުރި ފުރަތަމަ ކޭސް ކަމަށް ވެދާނެއެވެ.
"މި އަނިޔާގެ ސަބަބުން އަޅުގަނޑުގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފައިވާއިރު، މި މުޅި މަރުހަލާގައި، އަޅުގަނޑުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޑރ. ފައިސަލް އާއި ޑރ. ކަނިރާޖް ދެބޭފުޅުންގެ ދައުރު ވަރަށް ބޮޑު. އަދި މި ފުރުސަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ނަރުހުންނާއި، ބިޒްނަސް އޮފީހުގެ މުވައްޒަފުންނަށްވެސް، އަޅުގަނޑަށް އެހާ ސަމާލުކަން ދެއްވި ކަމަށްޓަކައި އަޅުގަނޑު ޝުކުރު އަދާކުރަން،" ސާޖަރީ ހެދި އަންހެން މީހާ ކިޔައިދިނެވެ.
ކަކުލު ހުޅު ޑިސްލޮކޭޓްވުމަކީ ވަރަށް މަދުން ނޫނީ ކަކުލަށް ލިބޭ އަނިޔާއެކެވެ. މި އަނިޔާގައި ކަކުލު ހުޅުގެ ލިގަމެންޓްތަކަށާއި އެކު ފަޔަށް ވަރަށް ބޮޑެތި ގެއްލުންތައްވެއެވެ. ކަކޫ ޑިސްލޮކޭޓް ވުމަކީ ކަކުލުގެ ވަށައިގެންވާ ކަށިގަނޑު ކަމަށްވާ 'ޕެޓެލާ' އެ އިންނަންޖެހޭ މަގާމުން ބޭރުވުމެވެ.

ކަކޫ ޑިސްލޮކޭޓް ވުމަކީ ކަކުލުގެ ތިން ކަށި ހުންނަން ޖެހޭ ތަނުން ބޭރުގައި ހުރުމެވެ. މި ސާޖަރީގެ ތެރޭގައި، ބަލިމީހަގެ ހުރިހާ ލިގަމެންޓްތަކެއް ވެސް ވަނީ ރިކޮންސްޓްރަކްޓްކޮށްފައެވެ. ރިކޮންސްޓްރަކްޝަން ކުރިއަށް ގެންގޮސްފައިވަނީ ބަލިމީހާގެ ދެފައިގެވެސް ލިގަމެންޓް ބޭނުންކޮށްގެންނެވެ.
"ކަކުލު ހުޅުގެ ހުރިހާ ލިގަމެންޓެއް ރިކޮންސްޓްރަކް ކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި އަދި އެހާމެ ފަރުވާތެރިކަމާއެކު ކުރަންޖެހޭ ސާޖަރީއެއް. ސާޖަރީ ކުރިއަށް ދިޔައީ އެއްވެސް ކޮމްޕްލިކޭޝަނެއް ނެތި ވަރަށް އޮމާންކަމާއެކު،" މި ސާޖަރީގައި އިސްކޮށް އުޅުއްވި ޑރ. ފައިސަލް ވިދާޅުވިއެވެ.
ސާޖަރީ ޓީމުގައި ހިމެނެނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުނަރުވެރި އޯތޯޕީޑިކްސްގެ ކޮންސަލްޓަންޓް ޑރ. ހުސައިން ފައިސަލް، އޯތޯޕީޑިކްސް ސާޖަން ޑރ. ކަނިރާޖް މަރިމުތު އަދި އެބޭފުޅުންނާ އެކު ކޮންސަލްޓަންޓް އެނެސްތީސިއޮލޮޖިސްޓް ޑރ. އަހުމަދު މަންސޫރާއި ކޮންސަލްޓަންޓް އެނެސްތީސިއޮލޮޖިސްޓް ޑރ. ލެންކާ ސެރްވެނޯވާ އާއި ހުނަރުވެރި ނަރުހުންގެ ޓީމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް އޯތޯޕީޑިކްސް ޑިޕާޓްމަންޓުގައި ހިމެނެނީ މިނިމަލީ އިންވޭސިވް އަދި ރިކޮންސްޓްރަކްޓިވް ސާޖަރީގެ ފުޅާ ތަމްރީނާއި ތަޖުރިބާހުރި ހުނަރުވެރި ބޭފުޅުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސާޖަނުން އެންމެ ފަހުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކަށީގެ މައްސަލަތައް ހުންނަ ހުރިހާ އުމުރެއްގެ މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާދެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯތޯޕީޑިކްސް ޑިޕާޓްމަންޓަށް އެންމެ ބޮޑު އެހީތެރި ކަމެއް ފޯރުކޮށްދެނީ، ފިޒިކަލް، ސްޕީޗް، އަދި އޮކިއުޕޭޝަނަލް ތެރަޕީ ފޯރުކޮށްދޭ ރިހެބިލިޓޭޝަން ސްޕެޝަލިސްޓުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން އެކުލަވާލަނީ މޮބިލިޓީ ރަނގަޅުކުރުމާއި ރިހުން ކުޑަކުރުމުގެ ނުވަތަ ނައްތާލުމުގެ އެންމެ ބޮޑު ފުރުސަތު ލިބޭ އިންޑިވިޖުއަލައިޒްޑް އަދި ކޮމްޕްރެހެންސިވް ކެއާ ޕްލޭނެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351610 ގުޅުއްވާ ނުވަތަ[email protected]އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.