މިިިދިޔަ މަހު ރާއްޖެއަށް 146،886 ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރީ 12ވަނަ ދުވަހެވެ. އެ ދުވަހު 5،663 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ތިން ގައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާއާއި ރަޝިއާއާއި އިނގިރޭސިވިލާތާއި ޖަރުމަނެވެ.

އިންޑިއާއިން 19،376 ފަތުރުވެރިން މިދިޔަ މަހު ރާއްޖެ އައިސްފައިވާއިރު ރަޝިއާއިން 18،149 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި އިނގިރޭސި ވިލާތުން 15،534 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ޖަރުމަނުން 12،499 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް އެފްރިކާގެ ގައުމުތަކާއި، ޔޫރަޕުގެ އެހެން ގައުމުތަކުން ވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

މި އަހަރު ޓޫރިޒަމް މިނިސްޓްރީން ވަނީ 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒެއް ކަނޑައަޅައިފައެވެ.

މިހާތަނަށް 1.5 މިލިއަން ޓޫރިސްޓުންވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ.