06 Dec 2022, 17:31
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު ހައި ކޯޓުގައި ފުރަތަމަ ފަހަރަށް އެއް ފަނޑިޔާރަކު މައްސަލައެއް ބައްލަވަން ފައްޓަވައިފިއެވެ.
ގާނޫނުގައި ކުރިން އޮތް ގޮތުން ހައި ކޯޓުގައި މައްސަލައެއް ކުރިއަށް ގެންދެވޭނީ އެއް ފަނޑިޔާރަށް ވުރެ އިތުރަށް، އޮނަހިރި އަދަދަކުން ފަނޑިޔާރުން ތިއްބަވާ ބެންޗަކުންނެވެ.
އެ ގާނޫނަށް ގެނައި އިސްލާހާއެކު، ހަތް ދުވަސް ތެރޭގައި ނިންމަން ޖެހޭ މައްސަލަތައް އެއް ފަނޑިޔާރަށް ބެލޭ ގޮތް ވަނީ ހަދާފައެވެ.

ހައި ކޯޓުގައި ފުރަތަމަ ފަހަރަށް އެއް ފަނޑިޔާރަކު މައްސަލައެއް ބައްލަވަނީ --- ފޮޓޯ: ހައި ކޯޓު
އެއާއެކު ހައި ކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިއަދު ވަނީ އެއް ފަނޑިޔާރަކު މައްސަލައެއް ބައްލަވަން ފައްޓަވާފައެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ.
އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ މީހެއް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމުން, އެ އަމުރު އިސްތިއުނާފު ކުރި މައްސަލައެކެވެ.