06 Dec 2022, 12:52
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މެރިންކޯގެ ތަމްރީންތަކެއް ހިންގުމަށް އައްޑޫ ސިޓީގެ އަވަށްތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވުމަށް ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ތަމްރީންތައް ހިންގަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. އަދި އެހާތަނަށް އެ ސިޓީގެ ހުރިހާ އަވަށެއްގައި ހަތިޔާރާ އެކު ސިފައިން ހަރަކާތްތެރިވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު މިއަދު 'ސަން' އަށް ވިދާޅުވީ އެ ތަމްރީނު އައްޑޫގައި ހިންގާނެ ކަން އެމްއެންޑީއެފުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި ތަމްރީނު ކުރިއަށް ދާނެ ކަމުގެ މައުލޫމާތު، ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ދިނުމަށް އެމްއެންޑީއެފުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފުން އައްޑޫގައި އެ ތަމްރީނު ފަށާފައިވާއިރު ދާދިފަހުން ފުލުހުންނާ ސިފައިން ގުޅިގެން އެ ސިޓީ ހިމެނޭހެން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ވެސް ހިންގާފައިވެއެވެ.
ޓެރަރިސްޓު ހަމަލާތަކާ ދެކޮޅަށް އެކި އިދާރާތައް ގުޅިގެން ތަފާތު އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.