އެލައިޑް ހެލްތުގެ ދާއިރާތަކުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ އެމްއޯޔޫ އެއްގައި އޭޑީކޭ ހޮސްޕިޓަލާއެކު ސޮއިކޮށްފިއެވެ.

އިއްޔެ އެމްއެންޔޫގެ މައި އިދާރާގައި ބޭއްވި ހަފުލާއެއްގައި އެ ޔުނިވާސިޓީގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ. އަދި އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލްއެވެ.

މި ހަފުލާގައި ދެފަރާތުން ސޮއި ކުރި އެމްއޯޔޫއާ ބެހޭ ގޮތުން މައުލޫމާތު ދެެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފް ވިދާޅުވީ އެ އެމްއޯޔޫގެ ބޭނުމަކީ އެމްއެންޔޫގެ ދަރިވަރުންނަށް އެލައިޑް ހެލްތުގެ ދާއިރާތަކުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް އޭޑިކޭ ހޮސްޕިޓަލާ ގުޅިގެން ހިންގުން ކަމަށެވެ.

އަދި މިހާރުވެސް މެޑިސިން އާއި ނާސިންގެ ދާއިރާއިން އޭޑިކޭ އާ ގުޅިގެން އެމްއެންޔޫގެ ދަރިވަރުންނަށް އެކި ތަމްރީނު ޕްރޮގްރާމްތައް ހިންގާ ކަމަށް ވެސް ޑރ. ޝަރީފް ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން އަލަކަށް ނޫން އޭޑީކޭއާއެކު މަސައްކަތް މި ކުރަނީ. އަޅުގަނޑުމެންގެ ދަރިވަރުން މިހާރުވެސް ތަމްރީނުވާން މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް ތަމްރީނު [އޭޑީކޭ ހޮސްޕިޓަލުން] ހިންގާޑރ މުހައްމަދު ޝަރީފް

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އެމްއެންޔޫ އާއި އޭޑީކޭ ހޮސްޕިޓަލާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެެއްޖެ ކަމަށެވެ.

ރާއްޖޭގައި ސިއްޚީ ޚިދުމަތް ދޭނެ މީހުން ތަމްރީނު ކުރުމުގައި ރަނގަޅު ފެންވަރު ހިފަހައްޓައި އަދި ރަނގަޅު ހުނަރުތަކެއް އެކުލެވިގެންވާ ބައެއް ގޮތުގައި ނެރުމަށްޓަކައި [އެމްއެންޔޫއާ ގުޅިގެން] މަސައްކަތްކުރަމުން ދަނީއަހްމަދު އައްފާލް

އިއްޔެ ސޮއި ކުރި ފަހުމުނާމާގެ ދަށުން ސިއްޙީ އެކި ދާއިރާތަކުން ތަމްރީނު ހޯދުމުގެ ފުރުސަތު އެމްއެންޔޫގެ ދަރިވަރުންނަށް ލިބޭނެއެވެ. އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ޕްރައިމަރީ ހެލްތް ކެއާ

  • ޕަބްލިކް ހެލްތް
  • އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ
  • ކައުންސެލިން، ސައިކޮލޮޖީ
  • ސޯޝަލް ވޯކް
  • ހެލްތް ސާވިސް މެނޭޖްމެންޓް
  • ފިޒިއޮތެރަޕީ
  • ފާމަސީ
  • މެޑިކަލް ލެބޯރޭޓޮރީ ސައިންސެން