09 Apr 2012, 13:47
ޖިންސީ ގޯނާ ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންދިއުމުގައި ރ. އުނގުފާރު ފުލުހުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
ފުލުހުންގެ މައި އިދާރާއިން މިއަދު އާންމު ކުރި ސްޓޭޓްމަންޓެއް ބުނާ ގޮތުން އުނގޫފާރުގައި ގާއިމުވެތިބޭ ފުލުހުން ވަނީ މައްސަލަތައް ނިންމާ ކާމިޔާބު ކުރުމުގައި މިދިއަ އަހަރު ބޮޑު ކާމިޔާބީއަކަށް ވާސިލުވެފަ އެވެ. އެ ސްޓޭޝަނުން މިދިއަ އަހަރު ތަހުގީގު ނިންމި ގިނަ މައްސަލަތަކަށް ކޯޓުން ހުކުމް ކުރި އިރު ބަދުއަހުލާގީ ބޮޑެތި މައްސަލަތަކެއްގައި ވަނީ ކުށްވެރިންގެ މައްޗަށް ޝަރީއަތުގައި ކާމިޔާބު ހޯދާފަ އެވެ. އޭގެ ތެރޭގައި އެ ގޮތުން ހުތުރު ބަދު އަހުލާގީ އަމަލުގެ ކުށަ އަރައިގަތް 10 މީހަކު އެކި މުއްދަތުތަކަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.
"އެގޮތުން ފާހަގަކޮށްލެވޭ ބޮޑު އަށް މައްސަލައެއްގައި 10 މީހެއްގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ،" ޕޮލިސް ސްޓޭޓްމަންޓްގައި ވެއެވެ.
އުނގޫފާރު ފުލުހުންގެ ތަހުގީގުން ޝަރީއަތުގައި ކާމިޔާބު ހޯދި ފުރަތަމަ މައްސަލައަކީ 12 އަހަރުގެ ނުކުޅެދޭ ކުއްޖަކާއި މެދު ބަދުއަހުލާގީ އަމަލު ހިންގި ރ.ކިނޮޅަސް، ސޯސަން، ޔޫސުފް އަބޫބަކުރުގެ މައްޗަށް ކޯޓުގައި ކުށްސާބިތުކުރުމެވެ. އޭނާ ވަނީ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ. މައްސަލަ ނިންމީ ފެބްރުއަރީ 28، 2011 ގަ އެވެ.
މިދިއަހަރު މިޑިއާގައި އެންމެ ބޮޑަށް ހިނގި އެއް ހަބަރަކީ އޭޕްރީލް 3، 2011 ގައި އުނގޫފާރުގައި 17 އަހަރުގެ އަންހެން ކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވިގެން ހުށަހެޅުނު މައްސަލައެކެވެ. މިމައްސަލާގައި އެރަށު ބްލޫނިޔާ، އިބްރާހިމް އަކްރަމްގެ މައްޗަށް ވެސް ކުށްސާބިތުވެ 10 އަހަރުގެ މުއްދަތައް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.
ރ. ރަސްމާދޫ، އަސަރީގޭ، އަލީ ނަޒީރު އޭނާގެ ދެ ދޮންދަރިން ކަމަށްވާ 14 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖަކާމެދު އެކިދުވަސް މަތީން ޖިންސީ ގޯނާ ކުރި މައްސަލައިގައި ނަޒީރުގެ މައްޗަށް ވެސް ކުށްސާބިތުވެ އޭނާ ވެސް ވަނީ 15 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
އަދި މއ. އޯކިޑްވިލާ، ނިޔާޒް ފަތުޙީ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅަށް ވަޅިއަކުން ބިރުދައްކައި ޖިންސީ ގޯނާކުރި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ 20 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. މި ހާދިސާގެ މަޢުލޫމާތު އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ނިޔާޒް ފަތުހީގެ އަންހެނުން ރ. މާކުރަތު، މުޝްތަރީގެ ޠާހިރާ މިމައްސަލަ ސިއްރުކޮށްފައިވާކަން ސާބިތުވެ ތޯހިރާ ވެސް މަސްދުވަހަށް ޖަލަށްލަށް ލާނއަނިޔާލިބުނު 15 އަހަރުގެ އަންހެން ކުއްޖާއަށް ބާރުގަދަ ބޭސް ރ.މާކުރަތު، ފެންބޯހުރާ އިބްރާހީމް ރަޝީދު ދިންމައްސަލަ ސާބިތުވެ 200ރ. ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ރ.އަލިފުށީ ހިރުނދުގަސްދޮށުގެ، އަހު ރަޝީދު އޭނާގެ 17 އަހަރުގެ އަންހެން ދަރިފުޅަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ އޭނާ 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރި އިރު މިދިއަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ރ. ކަނދޮޅުދޫ އައިލްގްރީން، އަޙްމަދު އަމީން 13 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށް މ ރ.އިންނަމާދޫ، އެވަލީޑް، އަޙްމަދު ނިޒާމް، އެކިދުވަސްމަތީން އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަހްލާޤީ އަމަލު ހިންގާފައިވާ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ 10 އަހަރު ދުވަހުގެ މުއްދަތައް ޖަލަށްލުމަށް ހުކުމް ކޮށްފައި ވެއެވެ.