މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ޕްރިޒަން އޮފިސަރު ޓްރޭނީގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވީ ޝަރުތު ތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެއްސާއި އިސްލާމުން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ހިމެނެއެވެ.

މީގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ މީހަކީ އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

މި މަގާމަށް ހޮވޭ މީހުންނަށް، ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ފުރިހަމާ ކުރާ އޮފިސަރުންނަށް ހަމަޖެހިފައިވާ އެލަވެންސްތައް ދޭނެއެވެ.

މިި މަގާމަށް ކުރިމަތިލުމަށް ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ތިނެއްގެ ކުރިން އެމްސީއެސްއަށް މެއިލް ކުރަންވާނެއެވެ.

ޕްރިޒަން އޮފިސާގެ މަގާމަށް ހޮވޭ ބަޔަކު ބޭސިކް ޓްރޭނިން ކޯސް ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފިނަމަ ޓްރޭނީން ޕްރިޒަން އޮފިސަރުންގެ ގޮތުގައި އެމްސީއެސްގެ ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ލިބޭނެއެވެ.