09 Apr 2012, 13:23
ސްވިމިން އެސޯސިއެޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "އެވޯރޑް ނައިޓް 2012"، މިރޭ ބާއްވަން ނިންމައިފި އެވެ.
މި އެވޯޓް ނައިޓު ބެއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ޖަމާލުއްދީން ސުކޫލްގަ އެވެ.
ސްވިމިންގ އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި، މިރޭގެ މި އެވޯރޑް ނައިޓްގައި 2010 އަދި 2011 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ފެތުންތެރިޔާ އިޢުލާން ކުރުން އޮންނާނެއެވެ. އަދި ފާއިތުވި ދެއަހަރު ރާއްޖޭގައި ބޭއްވުނު މުބާރާތްތަކުން އެއްވަނަ ފެތުންތެރިންނާއި ޖޫނިއަރ ގްރޫޕާއި ސީނިއަރ ގުރޫޕްގެ އަންހެން އަދި ފިރިހެން ފެތުންތެރިންނަށް އެވޯޑް ދިނުން އޮންނާނެއެވެ.
ސްވިމިން އެސޯސިއޭސޝަނުން ބުނީ، މިއީ ދިވެހި ފެތުންތެރިން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމަށާއި އަދި ފެތުންތެރިންނަށް އިތުރު ކުރިއެރުންތަކަކަށް ހިތްވަރުދިނުމުގެ ބޭނުމުގައި ބާއްވާ އެވޯޑު ނައިޓެއް ކަމަށެވެ.