މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ޒަކާތުގެ ފައިސާ އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ބޮލަކަށް 660ރ. ގެ މަގުން މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު މުދަލު ޒަކާތުގެ ފައިސާއަށް އެދި މާލެ ހުޅުމާލެ އަދި ވިލިމާލެ އިން މުޅިއެކު 10621ރ. މީހުން ނަންނޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ބެހުމަށް މުޅިއެކު 7009860 (ހަތް މިލިއަން ނުވަހާސް އަށްސަތޭކަ ފަސްދޮޅަސް) ރުފިޔާ ކަނޑއަޅާފައިވައިވާ ކަމަށް އެމިނިސްޓީން ބުނެ އެވެ.

މިއަދުން ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް ޒަކާތުގެ ފައިސާ ބެހުން ކުރިއަށްދާއިރު ފައިސާ ދޫކުރުމަށް ހަމަ ޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރު ފަހު 2:00 ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ އަހަރު ޒަކާތުގެ ފައިސާ އަށް އެދި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ހުށަހަޅާފައިވާ ފަރާތްތަކަށް ބޮލަކަށް ޖެހިފައިވަނީ 220ރ. އެވެ.

މިއަހަރު ފަގީރުންގެ ގޮތުގައި 48 ހާހަށްވުރެ ގިނަ މީހުން ނަންނޯޓް ކޮށްފައިވާއިރު ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުނަށް މިއަހަރު ބެހުމަށް ހަމަ ޖައްސާފައިވަނީ 33 މިލިއަން ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ބައެއް ސަބަބުތަކާއިހެދި މުދަލު ޒަކާތުގެ ފައިސާ ރައްޖެތޭރެގައި އަދި ބަހަންފަށާފަ އެއްނުވެ އެވެ.