އެޑިޔުކޭޝަން މިނިސްޓްރީ އަށް ސްޓޭޓް މިނިސްޓަރެއް އައްޔަން ކުރައްވައި ދެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނާއިބު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސްގެ އޮފީހުން މިއަދު ބުނި ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ހެންވޭރު ނިއުހެވަން އާމިނަތު އަލީ ހަމަޖެއްސެވީ މީގެދުވަސްކޮޅެއް ކުރިން ކަމަށާއި އޭނާ މިހާތަނަށް ހުންނެވީ ރައީސްގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ކަމުގެ މަގާމުގައި ކަމަށެވެ.

މީގެއިތުރުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީގެ ނާއިބުކަން މއ. އުރަހަ ފާތިމަތު ތަސްމީނަށް އަދި ފިޝަރީޒު އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ނާއިބުކަން ހއ. އުތީމު ފެންފިޔާޒުގޭ އަބްދުއްރަޙީމް ހަސަނަށް ވަނީ ދެއްވާފަ އެވެ.