09 Apr 2012, 09:34
ގިނަ އަދަދެއްގެ ސައިކަލްގެ މަޑި ކަފާލައި ގެއްލުން ދިން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ލޮނުޒިޔާރަތް މަގުން ހެންވޭރުކޮޅުގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކަށް ގެއްލުން ދީގެން ހައްޔަރު ކުރީ ސ. ފޭދޫ ކޯޒީ ކޯނާ، މުހައްމަދު ނަސީމް 39، އެވެ. ފުލުހުން ބުނީ ނަސީމް ހައްޔަރު ކުރީ ރޭ ގާތްގަނޑަކަށް 7:50 އެހާކަންހާއިރު ކަމަށާއި އޭނާ 53 ސައިކަލެއްގެ މަޑި ކަފާލައި ގެއްލުން ދީފައިވާ ކަމަށެވެ. އަދި ބުނީ މި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
މިދިއަ މާޗް މަހުގެ 11 ވަނަ ދުވަހުގެ ރޭ ވެސް މާލޭ ރަށްދެބައި މަގުގައި ޕާކްކޮށްފައި ހުރި ފުލުހުންނާއި އާންމުންގެ ގިނަ އަދަދެއްގެ ސައިކަލަށް ގެއްލުންދީ މަޑި ކަފާލާފައި ވެއެވެ. ފަހަކަށް އައިސް އާންމުންނާއި ފުލުހުންގެ ސައިކަލަށް ގެއްލުން ދިނުމާއި ރޯކޮށްލުން ވަނީ އާންމުވެފަ އެވެ.