30 Nov 2022, 22:29
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު ކުރިމަތި ލެއްވި ފަސް ބޭފުޅުންގެ މައުލޫމާތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ހާމަކޮށްފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޝުއައިބު ޙުސައިން ޒަކަރިއްޔާ މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން
- ޒީނަތު ޢަލީ - ދަފްތަރު. ނަންބަރު 2616 މާލެ
- މުޙައްމަދު ޝަނީޒް ޢަބްދުﷲ - ހަނދުވަރީނާޒް، ގދ. ގައްދޫ
- މަރިޔަމް ވަހީދު - ބެލޫން، ސ. ފޭދޫ
- ރުޝްދުﷲ އިބްރާހީމް - ޖަވާހިރުމާގެ، ބ. މާޅޮސް
- ފައްޔާޒު ޝާތިރު - ހަސަންކާރިގެ، ސ. މީދޫ
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހާތިފް ހިލްމީ ވެސް މި މަހުގެ ތެރޭގައި ވަނީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންފައެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި 11 ބޭފުޅަކު ތިއްބަވާއިރު ކޮންމެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތައް ހިމަނައިގެން މަހަކު 54،300 ރުފިޔާ ލިބޭނެއެވެ.