ދެކުނު އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ކަމާލް ހަސަންގެ އަންހެނުން ގޯތާމީ ފިލްމީ ދާއިރާއަށް އެނބުރި އަންނަން ގަސްތުކޮށްފައިވާކަން ހާމަކޮށްފި އެވެ. ގޯތާމީއާ ހަވާލާދީ ފިލްމީ ހަބަރުތައް ފަތުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ދެން މާގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް ފިލްމީ ދާއިރާގައި ގޯތާމީ (ފޮޓޯގައި) ހަރަކާތްތެރިވާ ތަން ފެނިގެންދާނެއެވެ.

މީގެ 15 ވަރަކަށް އަހަރުކުރިން ގޯތާމީ ފިލްމީ ދާއިރާއާ ދުރަށް ދިޔައީ ކަމާލް ހަސަންގެ ހަގީގީ ދިރިއުޅުމުގައި ގޯތާމީ އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގޮތުންނެވެ. ކަމާލް ހަސަންގެ ދަރިފުޅު އަދި ގޯތާމީގެ ދޮންދަރިފުޅު ޝްރުތީ ހަސަން ވެސް ވަނީ ފިލްމީ ދާއިރާއާ ގުޅިފައެވެ.

ގޯތާމީ ބުނާ ގޮތުގައި ފިލްމީ ދާއިރާއަށް އެނބުރި އަންނަ އިރު އޭނާ ހަމަ އެކަނި ވިސްނަނީ އޭނާގެ އެނބުރި އައުމާމެދު އޭނާގެ ދަރިފުޅު ސުބާލަކްޝްމީ ދެކޭނެ ގޮތަކާމެދުގަ އެވެ. އުމުރުން 12 އަހަރުގެ ސުބާލަކްޝްމީއަށް ދައްތަ އާއި ބައްޕަގެ ފިލްމީ ހަޔާތް ފެނުނު ނަމަވެސް މަންމަގެ ފިލްމީ ހަޔާތް ފެނިފައެއް ނުވެއެވެ.

ހަބަރުތައް ބުނާ ގޮތުގައި ހިންދީ ބަހާއި ތަމަޅަ ބަހާއި ތެލުގޫ ބަހާ ތިންބަހުން ހަދާ ޓްރައިލިންގުއަލް ފިލްމު "އަމަރް ހޭ" ގައި ގޯތާމީއަށް ވަރަށް ހާއްސަ ރޯލެއް ދިނުމަށް ކަމާލް ހަސަން ވަނީ ނިންމައިފަ އެވެ. - ރެޑިފް