މޫދަށް އުކާލާފައިވާ ކުނިތަކެއް ޖަމާވެ، ކ. ތިލަފުށީގެ ފަޅުތެރެ ކުނިން ފުރިއްޖެއެވެ.

ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޮއެ ބަދަލުވުމާ ގުޅިގެން ގިނަ އަދަދެއްގެ ކުނި ތިލަފުށި ފަޅަށް ޖަމާވެފައިވާ ކަމަށެވެ.

https://twitter.com/WAMCOmv/status/1597817277629403136

ވެމްކޯއިން ކުރި އެ ޓުވީޓާއެކު ފޮޓޯތަކެއް ވެސް ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ފަޅުގެ ބޮޑެޔަކަށް، ގިނަ އަދަދަކަށް ކުނި ވަނީ ޖަމާވެފައެވެ.

އެގޮތުން އެކި ވައްތަރުގެ ޕްލާސްޓިކާއި ލަކުޑީގެ އިތުރުން ފުޅިމަދު ތިލަފުށީ ފަޅަށް ޖަމާވެފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނެއެވެ. އަދި އެ ކުނިތައް ސާފުކުރަން މަސައްކަތް ކުރާ މަންޒަރު ވެސް އެ ފޮޓޯތަކުން ފެނެއެވެ.

ވެމްކޯއިން ވަނީ ވީހާވެސް އަވަހަކަށް އެތަނުން ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ސާފުކުރުމަށް ނަގާ ވަގުތުގައި ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމަށް ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ވަނީ މީގެ މައްސަލަތައް ކުރިމަތިވެފައެވެ. އެގޮތުން އޮއެ ބަދަލުވުމާ ގުޅިގެން މިގޮތަށް ތިލަފުށި ފަޅަށް ވަނީ އެކިފަހަރު މަތިން ކުނި ޖަމާވެފައެވެ.