30 Jul 2010, 05:43
10:00
ސަންއެފްއެމް މަޖިލީހުގެ ޝަހްސިއްޔަތު 2010 އަކަށް ވާދާކުރާ ގަދަ ފަހެއް ރޭ އިޢުލާންކޮށްފި އެވެ.
ސަންއެފްއެމުން ހޮވާ މަޖިލީހުގެ ސަހްސިއްޔަތަށް ވާދަކޮށްފައިވާ ގަދަ ފަހެއްގެ ތެރޭގައި ހިމެނެނީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމާއި، ބިއްލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާއާއި، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
ގަދަ ފަހަކަށް ހޮވިފައިވާ ފަރާތްތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ސަންއެފްއެމްގެ މަޖިލީހުގެ ޝަހްސިއްޔަތު ކަނޑައެޅުމުގައި މީގެކުރިން އެމެންބަރުންނަށް ލިބިފައިވާ ވޯޓް ހިމެނޭނެ ކަމަށާއި ސަންއެފްއެމްގެ މަޖިލީހުގެ ޝަހްސިއްޔަތަށް ހޮވޭ ފަރާތެއް ކަނޑައެޅުމުގައިވެސް އެހުންތެރިންގެ މެސެޖްގެ 40 ޕަސެންޓް ވޯޓާއި ޖަޒުންގެ 60 ޕަސެންޓް މާކްސްގެ މައްޗަށް ބަލާނެ ކަމަށް ކަމަށްވެސް ސަންއެފްއެމުން ބުނެ އެވެ.