08 Apr 2012, 22:27
ކުރީގެ ރައީސް މުހައްމަދު ނަޝީދު ހދ. އަތޮޅު ކުމުންދުއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އިދިކޮޅު އެމްޑީޕީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު ކުމުންދު އަށް ވަޑައިގަތީ، ކުމުންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާފައިވާ އެ ޕާޓީގެ ކެނޑިޑޭޓަށް ތާއީދު ހޯއްދަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށެވެ. އަދި ނަޝީދުގެ ދަތުރުފުޅުގައި ކުމުންދޫ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ކުމުންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ އިންތިހާބު އޮންނަނީ މި މަހު 14 ވަނަ ދުވަހު އެވެ.